ޓެސްޓް ކިޓް ހަދިޔާ ކުރުމުގެ ތެރެއިން
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އެމްޕޮކްސް (މަންކީ ޕޮކްސް) ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފިއެވެ.
މި ކިޓުތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޑަބްލިޔުއެޗްއޯގެ މެޑިކަލް އޮފިސަރު ޑރ. ޕަޑްމަލް ޑި ސިލްވާއެވެ.
އެމްޕޮކްސްއަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހު ޑަބްލިއުއެޗްއޯއިން ވަނީ މި ބަލީގެ ހާލަތު މުޅި ދުނުނިޔެއަށް ނުރައްކާވާ ހިސާބުގައި ކަމަށް ކަނޑައަޅާފައެވެ. މި ބަލި އިންޑިއާ އާއި ޕާކިސްތާން ފަދަ އޭޝިއާގެ ބައެއް ގައުމުތަކުން ވެސް ފެނިފައިވެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ބަލި ކޮންޓްރޯލް ކުރުމާއި، ބައްޔަށް ޓެސްޓްކޮށް ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ނިމިފައެވެ. ނަމަވެސް މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިފައިވާ މީހަކު ފެނިފައެއް ނުވެއެވެ.
އެމްޕޮކްސް ބަލި ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ދޮސްލާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެއެވެ. މި ބަލި އިންސާނުންނަށް އަރަނީ ބަލި ޖެހިފައިވާ ޖަނަވާރުންގެ ފަރާތުން ނުވަތަ ބަލި ޖެހިފައިވާ މީހަކާ ގައިގޯޅިވެ އުޅުމުންނެވެ.
ޑަބްލިޔުއެޗްއޯއިން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިއަހަރުގެ މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 524 މީހުން މަރުވެފައިވާކަން ފާހަގަކުރެވެއެވެ.
މި ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްޙީ ދާއިރާއިން މިކަމަށް އިތުރު ސަމާލުކަމެއް ދީ، ބަލި ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް