ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފި

ހައްޔަރުކުރެވުނު ފަސް މީހުން / ފޮޓޯ: ޕޮލިސް

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.

އިއްޔެ ހިންގުނު މި އޮޕަރޭޝަނުގައި 12 ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ. މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 86.26 ގްރާމްގެ އެއްޗެއް ފެނިފައިވާކަމަށާއި، އޭގެ އިތުރުން 293،000 ރުފިޔާއާއި ޑޮލަރު އަދި ޔޫރޯ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރުކުރެވުނު ފަސް މީހުންނަކީ:

1. ހުސެއިން އީސާ ފުޅު (48 އަހަރު، ޅ. ހިންނަވަރު / އަގީދުގެ)

2. އަޙްމަދު މުޙައްމަދު (36 އަހަރު، ޅ. ހިންނަވަރު / މިދިލިމާގެ)

3. އަބްދުﷲ ޒަކަރިއްޔާ (46 އަހަރު، ޅ. ނައިފަރު / ޑޭޒީހިޔާ)

4. މުހައްމަދު އިރުޝާދު (35 އަހަރު، ޅ. ހިންނަވަރު / ފެހިގެ)

5. ފާތިމަތު ރީމާ (44 އަހަރު، އދ. މަހިބަދޫ / ކުޅިބަލާގެ)

މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ހުރިހާ އެންމެނަށް ވެސް މުއްދަތު ޖަހައިދީފައެވެ. އެގޮތުން ހުސައިން އީސާ ފުޅު އަދި އަހުމަދު މުހައްމަދު 7 ދުވަހަށް، އަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާތިމަތު ރީމާ 12 ދުވަހަށް، އަދި މުހައްމަދު އިރުޝާދު 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ. މި އޮޕަރޭޝަނުގައި މި ފަސް މީހުންގެ އިތުރުން ވެސް އިތުރު މީހުން ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

18 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy