އާސަންދަ ކަނޑާލި ކަމަށް ބުނެ ދައުރުވާ މައުލޫމާތަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: އާސަންދަ

އެތައް ބައެއްގެ ފަރުވާ އާއި ގުޅިފައިވާ ޚިދުމަތެއް

އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓާ ސީއެމްއައި ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔަ ބަލިމީހަކަށް އާސަންދަ "އެއްކޮށް" ކަނޑާލައި އާއިލާއެއް ހާލުގައި ޖެއްސި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ.

އާސަންދައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ފަރުވާގެ އަގަށް ހޮސްޕިޓަލުން ފޮނުވި ބިލުގައިވާ 89،339.91 ޑޮލަރުގެ ތެރެއިން 85،989.15 ޑޮލަރު ހަމަޖައްސަން ހުއްދަ ދީފައިވާ ކަމަށެވެ. މިއީ އާސަންދައިން ކަވަރު ނުކުރާ ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އާސަންދައިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބަލިމީހާއަށް ފަރުވާ ދެމުން ދިޔައީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީއަށެވެ. މިއީ ސިކުނޑިއަށް ލޭ ދައުރުވުން ހުއްޓުމުން ކިޔާ ބައްޔެކެވެ. ބަލިމީހާއަށް ފަރުވާ ދިނުމަށް ބެންގަލޫރު ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް އެ ހޮސްޕިޓަލުން އާސަންދައަށް ރިކުއެސްޓް ފޮނުވާފައިވަނީ މާރިޗު 14 ގައެވެ.

އާސަންދައިން އިތުރަށް ބުނެފައިވަނީ، ގާތްގަނޑަކަށް ފަސް މަސްދުވަހުގެ މުއްދަތަށް ފަހު ބަލިމީހާގެ ހާލަތަށް ބަދަލެއް ނައުމުން، ވެންޓިލޭޓަރު ސަޕޯޓާ އެކު ރާއްޖެ ގެނެސް ފަރުވާ ދިނުމަށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އަލްޓަނޭޓިވް އޮޕްޝަންތައް ހުރިކަމާއި، ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދައިން ކަވަރުކޮށްދޭ ކަމެއް ނޫންކަން އާއިލާއަށް ކިޔައިދީފައިވާ ކަމަށް ވެސް އާސަންދައިން ބުނެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި ފަރުވާ ދެވޭނެ ގޮތުގެ ޕްލޭނެއް ވެސް އާއިލާއާ ހިއްސާކޮށްފައިވާ ކަމަށް އާސަންދައިން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy