ގަދަ ހިތްވަރާއެކު ކުޅުނު ދިވެހި ޓީމުގެ މައްޗަށް ކުރި ހޯދާ ކިރިގިސްތާނުން ތަށި ހޯދައިފި

ޗެމްޕިއަންޓީމަށް ތަށި ހަވާލުކުރުން

އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕްގެ ފައިނަލުގައި ހިތްވަރުގަދަ ކުޅުމެއް ދެއްކި ރާއްޖޭގެ ޓީމު 3-2 ސެޓުން ބަލިކޮށް ކިރިގިސްތާނުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭޭ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު ފަސް ސެޓަށް ދެމިގެންދިޔަ މެޗުގައި ކިރިގިސްތާނުން ސެޓްތައް ކާމިޔާބުކުރީ 25-17، 24-26، 25-18، 22-25 އަދި 15-9 އިންނެވެ.

ފުރަތަމަ ސެޓް ގެއްލުމަށްފަހު ދިވެހި ޓީމުން ދެވަނަ ސެޓް ކާމިޔާބުކޮށް އަނބުރާ މެޗަށް އައެވެ. ތިންވަނަ ސެޓުގައި ގިނަ ވަގުތު ލީޑުގައި އޮތް ނަމަވެސް، ފަހު ވަގުތު ކިރިގިސްތާނުން ކުޅުން ރަނގަޅުކޮށް އެ ސެޓް ކާމިޔާބުކުރިއެވެ. ހަތަރުވަނަ ސެޓުގައި ދިވެހި ޓީމުން އަނެއްކާވެސް ފޯރި ދައްކައި، މެޗު ފަސްވަނަ ސެޓަކަށް ގެންދިޔައެވެ. ނަމަވެސް ފަހު ސެޓުގައި ކިރިގިސްތާނުގެ ޓީމުން ބޮޑު ލީޑެއް ނަގައި، 15-9 އިން އެ ސެޓް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ދިވެހިރާއްޖޭގެ ދެ ކުޅުންތެރިން ހިމެނިފައިވެއެވެ. އެއީ އޮޕަސިޓް ސްޕައިކަރު އައިޝަތު ޝަހާ ޝާމިން އާއި ސެޓަރު ފާތިމަތު ޖޫޒާން ޒަރީރެވެ.

ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި ދިވެހިރާއްޖެ ވަނީ ސީދާ ތިން ސެޓުން ކިރިގިސްތާނަށް ބަލިވެފައެވެ. ނަމަވެސް ފައިނަލުގައި ދިވެހި ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަކީ އުއްމީދު އާކޮށްދިން ކުޅުމެކެވެ.

މި މުބާރާތުގެ ތިންވަނަ ޖާގައަށް ވާދަކުރި މެޗުގައި ތަޖިކިސްތާނުން ވަނީ 3-1 ސެޓުން އަފްޣާނިސްތާން ބަލިކޮށް ބްރޯންޒް މެޑަލް ހޯދާފައެވެ.

ރޭގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy