ޕީއެންސީގެ އެތެރޭގެ އިންތިޚާބު އަންނަ މަހު ބޭއްވުމަށް ނިންމައިފި

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:ޕީއެންސީ

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިޚާބު އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، މަޤާމުތަކަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.

މިކަން އިޢުލާނުކޮށްފައިވަނީ މިއަދު ސީޓްރެކްސް އިމާރާތުގައި ހުންނަ ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވި ގޮތުގައި މި އިންތިޚާބަކީ މިހާތަނަށް ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިޚާބެވެ. މި އިންތިޚާބުގައި ޖުމްލަ 2,095 މަޤާމަކަށް މެންބަރުން އިންތިޚާބު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިމަތިލުމަށް ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން، ޒުވާނުންގެ ހަރަކާތާއި އަންހެނުންގެ ހަރަކާތުގެ ރައީސުން އަދި ސްޓިއަރިންގ ކޮމިޓީގެ މެންބަރުން ހިމެނެއެވެ.

ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެންބަރުން ތިއްބެވި ކޮންމެ ދާއިރާއެއްގެ ރައީސަކަށް ވާނީ އެ މެންބަރެވެ. އެހެންކަމުން، 93 ދާއިރާގެ ތެރެއިން ދާއިރާގެ ރައީސުން ހޮވާނީ 18 ދާއިރާއަށެވެ.

އިންތިޚާބުގެ ޓައިމްލައިން ވެސް ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި:

ސެޕްޓެމްބަރު 11: މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުން

ސެޕްޓެމްބަރު 30: ކުރިމަތިލުމުގެ ފުރުޞަތު ބަންދުކުރުން

އޮކްޓޯބަރު 19: ވޯޓުލާ ދުވަސް

އޮކްޓޯބަރު 24: ރަސްމީ ނަތީޖާ އިޢުލާންކުރުން

މި އިންތިޚާބުގައި ވޯޓުލެވޭނީ އަދި ވާދަ ކުރެވޭނީ މި މަހުގެ 30 ގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް އެކަނި ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވިއެވެ. މިހާރު ޕާޓީގައި 50,000 އަށްވުރެ ގިނަ މެންބަރުން ތިބި ކަމަށް ފަލާހު ވިދާޅުވިއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ އަމާޒަކީ ނޮވެމްބަރު 17 އާ ހަމައަށް 75,000 މެންބަރުން ޕާޓީއަށް ހަމަކުރުން ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy