އިމިގްރޭޝަނުން މިހާރު ކުރިއަށްގެން އޮޕަރޭޝަނުގެ ތެރެއިން
މާލޭ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މި އޮޕަރޭޝަނުގެ ދަށުން ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރަމުން ދާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެ އެވެ.
އިމިގްރޭޝަނުން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މި ޚާއްސަ އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ. މިހާތަނަށް މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް، އެ ތަންތަނުން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 13 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެ އެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޚާއްސަ ޕޯޓަލްއެއް ތަޢާރަފުކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށްވެސް މައްސަލަ ރިޕޯޓުކުރެވޭނެ އެވެ. އަދި 24 ގަޑިއިރު މައްސަލަސަލަ ރިޕޯޓުކުރުމުގެ އިތުރުން ފޮޓޯއާއެކު މަޢުލޫމާތު ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓުކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން، ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރިއާއި އެހެނިހެން ވިޔަފާރިތައް ކުރަމުންދިޔަ އެތައް ބިދޭސީންނެއްގެ ވިޔަފާރި ހުއްޓުވައި، މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް