ޕީޖީ ހޮވުމުގެ މަސައްކަތް މިރޭ ކުރިއަށް ދާނެ / ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް މިރޭ ފެށުމަށް ތާވަލުކޮށްފައެވެ.
މިކަމަށް ތާވަލުކޮށްފައި ވަނީ މިކަމަށްޓަކައި މަޖިލީޖިލީހުގެ ދައުރުން ބޭރުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިހުގެ ޖަލްސާއަށެވެ.
ޕީޖީގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ މެންދުރު 12:00 އަށް ހަމަވާނެއެވެ. މިހާތަނަށް މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ހައިލަމް، ޤާނޫނީ ވަކީލު އާދަމް ޝަމީމް، އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ހިމެނެއެވެ.
ޕީޖީގެ މަޤާމަށް މީހަކު އައްޔަންކުރުމުގެ މަރުޙަލާގައި، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުން ދޭ ބޭފުޅަކު އައްޔަންކުރެވޭނެއެވެ. ޤާނޫނުގައިވާ ގޮތުން، މަޤާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އާ ޕީޖީއެއް އައްޔަންކުރަންޖެހެއެވެ.
ކުރީގެ ޕީޖީ ޙުސައިން ޝަމީމް މަޤާމުން ވަކިކުރެވުނީ ބައެއް މައްސަލަތަކުގައި ދަޢުވާ އަނބުރާ ގެންދިޔުމާ ގުޅިގެން މަޖިލީހުން ކުރި ތަޙްޤީޤަކަށް ފަހުގައެވެ. ޝަމީމް އެ މަޤާމުގައި ހުންނެވީ ހަތަރު އަހަރާއި އަށް މަހާއި ހަ ދުވަހުއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު އުފެދުނީއްސުރެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއް ނުވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް