ރައީސް މުއިއްޒު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި

އިންޑިއާގެ ބޮޑުވަޒީރާއި ރައީސް މުއިއްޒު / ފޮޓޯ:ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިކަމަށް ރައީސް އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދެވެ.

ހީނާ ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅު ކުރައްވާނެ ސީދާ ތާރީޚެއް އަދި ކަނޑައަޅުއްވާފައި ނުވާ ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކުރިއަށްދާ ކަމަށެވެ. ނަމަވެސް، މި ދަތުރުފުޅާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ހީނާ ހާމަކުރައްވާފައެއް ނުވެއެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އެމަނިކުފާނު އެންމެ ފުރަތަމަ އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ ޖޫން މަހުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ފަހަރަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ދަތުރުފުޅުގައި ރައީސް މުއިއްޒު ޒު ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރައްވާފައެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު ވެސް ވަނީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އާންމުކޮށް އެހެން ރައީސުން ޢަމަލުކުރައްވަމުން ގެންދެވި ގޮތާ ޚިލާފަށް ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބަދަލުގައި ވަޑައިގެންނެވީ ތުރުކީއަށް ކަމެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ޗައިނާއަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ސިޔާސީ ދާއިރާގެ މާހިރުން ލަފާކުރެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

35 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy