ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅެވުނު ގްރޫޕް ދޭއްގެ މެޗުތަކުން އިޓަލީ އާއި ފްރާންސް މޮޅުވެއްޖެއެވެ.
އިޓަލީން އިޒްރޭލް އަތުން 2-1 އިން މޮޅުވިއިރު، ފްރާންސުން ވަނީ ވާދަވެރި ބެލްޖިއަމް އަތުން 2-0 އިން މޮޅުވެފައެވެ.
ހަންގޭރީގެ ބޮޒްސިކް އެރީނާގައި ކުޅުނު މެޗުގައި އިޓަލީ އަށް ގޯލު ޖެހީ ޑެވިޑޭ ފްރަޓެއްސީ އާއި މޮއިސް ކީންއެވެ. އިޒްރޭލުގެ ގޯލު ޖެހީ އަބޫ ފަނީއެވެ. އިޓަލީގެ ކޯޗު ސްޕެލެއްޓީ ބުނީ ޒުވާން ޓީމު ގެ ފަރާތުން ވަރަށް އުންމީދީ ހުނަރުވެރި ކުޅުމެއް ފެންނަމުން ދާކަމަށެވެ.
ފްރާންސުގެ މެޗުގައި ގޯލު ޖެހީ ކޯލޯ މުއާނީ އާއި އޮސްމާނޭ ޑެމްބެލޭއެވެ. ފްރާންސުގެ ކޯޗު ޑިޝޯމްޕްސް ބުނީ ބެލްޖިއަމް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް މޮޅުވުމަކީ އުފާވެރި ކަމެއް ކަމަށެވެ.
ރޭގެ މެޗުތަކަށް ފަހު ގްރޫޕުގެ އެއްވަނައިގައި މިހާރު އޮތީ ހަ ޕޮއިންޓާއެކު އިޓަލީއެވެ. ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ފްރާންސްއެވެ. ބެލްޖިއަމް އޮތީ ތިންވަނައިގައެވެ. އިޒްރޭލް އޮތީ ފުލުގައެވެ. ގްރޫޕުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ދާނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް