ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 34،800 އަށް ވުރެ މައްޗަށް އަރައިފި

ޣައްޒާގައި އަދިވެސް ދަނީ ހުއްޓުމެއް ނެތި ޙަމަލާ ދެމުން

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 34،844 އަށް އަރާފައިވާ ކަމަށް އެންކްލޭވްގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. އަދި މި ހަމަލާގައި އިތުރު 78،404 މީހުން މިހާތަނަށް ޒަހަމްވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި 55 މީހުން ޝަހީދުވެ 200 މީހުން ޒަޚަމްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަދި ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން އަދިވެސް ގިނަ ބަޔަކު ތިބީ ކުނިތަކުގެ ދަށުގައި ތާށިވެފައި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އިރުމަތީ ރަފާހުގައި ފަލަސްތީނު މީހުން ހުސްކުރުމުގެ އަމުރެއް އިސްރާއީލުގެ އަސްކަރިއްޔާއިން އިއްޔެ ނެރެފައިވާއިރު، މިއީ ފަލަސްތީނުގެ 1.5 މިލިއަން މީހުން ދިރިއުޅެމުންދާ އެ ސިޓީއަށް އިސްރާއީލުން ހަމަލާ ދިނުމުގެ ފެށުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އަދި މިދިޔަ އަންގާރަ ދުވަހު އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ވަށާލާފައިވާ ސަރަހައްދަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު މަގެއް ކަމަށްވާ މިސްރުގެ ބޯޑަރުގައި އޮންނަ ރަފާ ކްރޮސިންގެ ކޮންޓްރޯލް އަތުލައިފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި 1،200 އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy