އޭޑީބީގެ ރެޒިޑެންޓް މިޝަނެއް ރާއްޖޭގައި ގާއިމުކުރުމަށް މަޝްވަރާކޮށްފި

ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:މިނިސްޓްރީ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ރެޒިޑެންޓް މިޝަނެއް ރާއްޖޭގައި ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ބޭއްވުނީ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު އަދި އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޖަސްޓިން ޑިއޯކްނޯ ސިކެޓްއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރި އެހެނިހެން ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ މާލީ އިސްލާޙުތަކާއި، އޭޑީބީއާއެކު އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ހިމެނެއެވެ. މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. ޖަސްޓިން ރާއްޖެއަށް ކުރައްވަމުން ގެންދަވަނީ ތިން ދުވަހުގެ ދަތުރެކެވެ. ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުގައި އޭނާ ސަރުކާރުގެ އެހެން އިސްވެރިންނާވެސް ބައްދަލުކުރައްވައި، އޭޑީބީގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވައިލައްވާނެއެވެ.

އޭޑީބީއަކީ ރާއްޖޭގައި ހިންގާ ގިނަ މަޝްރޫޢުތަކަށް ފަންޑުކުރާ މުހިންމު ބޭންކެކެވެ. މީގެ ކުރިންވެސް އޭޑީބީގެ އެހީތެރިކަމާއެކު ވަރަށް ގިނަ ބޮޑެތި މަޝްރޫޢުތައް ރާއްޖޭގައި ނިންމާފައިވެއެވެ. މި ބައ މި ބައްދަލުވުމާއެކު ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ ތަރައްޤީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

42 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy