ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ސީއީއޯ ކާލް. / ފޮޓޯ:ބީއެމްއެލް)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކާލް ސްޓުމްކަ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާލް އިސްތިއުފާ ދެއްވީ އިއްޔެ ކަމަށެވެ.

ކާލް އިސްތިއުފާ ދެއްވާފައިވަނީ އެ ބޭންކާއި އިދިކޮޅު ފަރާތްތަކުން މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބީއެމްއެލްއާ ސުވާލުކޮށް، ބައެއް ލިޔެކިޔުންތައް ހޯދާފައެވެ.

ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، ކާލް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، މި މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ ޚާއްޞަ އާންމު ޖަލްސާއާ ހަމައަށް އޭނާ މަގާމުގައި ދެމިހުންނަވާނެއެވެ. ކާލް ބީއެމްއެލްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ބޭންކުން އިތުރަށް ހާމަކޮށްފައިވަނީ އައު ސީއީއޯއެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަގާމަށް މީހަކު އައްޔަންކުރަންދެން ބީއެމްއެލްގެ ހިންގުމުގެ ޒިންމާ އަދާކުރައްވާނީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ކަމަށްވެސް ބުނެފައިވެއެވެ.

އާއިޝަތު ނޫރައްދީން ވަނީ މިދިޔަ މަހު ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް، އޭނާ އަދިވެސް ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ދެމިހުންނެވިއެވެ. އާއިޝަތު ނޫރައްދީން ބޭންކުގެ ޑެޕިއުޓީ ސީއީއޯއަކަށް އައްޔަންކުރެވުނީ 2020 ވަނަ އަހަރުގެ އޮގަސްޓު 31 ވަނަ ދުވަހުއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy