މާފަންނު ގެސްޓްހައުސްއެއްގައި ޒަޚަމުވެފައި އޮތް މީހަކު ފެނި، އައިޖީއެމްއެޗަށް ގެންދެވިއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލް

މާފަންނު ސަރަޙައްދުގައި ހުރި ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި ޒަޚަމުވެފައި އޮތް ދިވެހި ފިރިހެނަކު ފެނި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންދެވިއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި މީހާ ފެނުނީ އޭނާގެ ޚަބަރެއް ނުވާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން އެ ގެސްޓްހައުސްއަށް ގޮސް ބެލިބެލުމުންނެވެ. ފުލުހުން އެ ކޮޓަރިއަށް ވަދެ ބެލިއިރު، ޒަޚަމުތަކަކާއެކު އޮއްވާ އެ މީހާ ވަނީ ފެނިފައެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި މީހާއަށް ފަރުވާދެވެމުން ދަނީ  އައިޖީއެމްއެޗުގެ  އައިސީޔޫގައި ކަމަށެވެ. ނަމަވެސް، އޭނާއަށް ލިބިފައިވާ ޒަޚަމުތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގި ތަނުގައި މިވަގުތު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތެއް އާންމުންގެ ތެރެއިން އެއްވެސް ފަރާތަކަށް އެނގިވަޑައިގަންނަވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް އެދިފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy