ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް ސްކޮޓްލޭންޑް އަތުން މޮޅުވެ ގުރޫޕްގެ އެއްވަނައަށް

ރޭގެ މެޗުގައި ލަނޑުޖެހުމަށް ފަހު ރޮނަލްޑޯ އުފާ ފާޅުކުރަނީ

ޔުއެފާ ނެޝަނަލް ލީގު ގުރޫޕް އެކެއްގައި އާދިއްތަ ދުވަހުގެ ރޭ ޕޯޗުގަލް އާއި ސްކޮޓްލޭންޑް ބައްދަލުކުރި މެޗުގެ ފަހުވަގުތު ރޮނާލްޑޯ ކާމިޔާބުކޮށްދިން ގޯލާއިއެކު ސްކޮޓްލޭންޑް ބަލިކޮށް ޕޯޗުގަލުން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްކޮޓްލޭންޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ނަޕޯލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ސްކޮޓް މެކްޑޮމިނޭ އެވެ. މިއީ މިހާފުގައި އެޓީމުން ޕޯޗުގަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާއެވެ.

މެޗުގެ ދެވަނަ ހާފު ޕޯޗުގަލް އިން ފެށީ ބަދަލަކާއެކުގައެވެ. އެގޮތުން މިހާފުގައި އެޓީމުގެ ކެޕްޓަން ރޮނާލްޑޯ ކުޅެން ނުކުތްއިރު، އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒް އެވެ.

މެޗުން ޕޯޗުގަލް މޮޅުވި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭނާގެ ކެރިއަރުގައި ޖެހި 901 ވަނަ ލަނޑު އަދި ގައުމީ ޓީމަށް ޖެހި 132 ވަނަ ލަނޑެވެ.

މިނަތީޖާއާއެކު ޕޯޗުގަލް ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައި ގުރޫޕްގެ އެއްވަނައަށް އަރާފައެވެ. އަނެއްކޮޅުން ސްކޮޓްލޭންޑް ވަނީ ދެ މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލަށް ވެއްޓިފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy