އިސްމާއިލް ހަބީބު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރައްވައިފި

ހަބީބު މަގާމުގެ ލިޔުމުގައި ސޮއިކުރައްވަނީ / ފޮޓޯ:ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމަށް މިއަދު އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަބީބު އެ މަޤާމަށް އައްޔަންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހަބީބަށް މަޤާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޙުސައިނެވެ.

އެޗްއާރުސީއެމްއަށް ހަބީބު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ޖުލައި 31 ވަނަ ދުވަހުއެވެ. މަޖިލީހުގެ 74 މެންބަރުންގެ ތާއީދާއެކު ހަބީބަށް ރުހުން ލިބުނެވެ. ނަމަވެސް އެމްޑީޕީގެ ތިން މެންބަރުން ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

އެޗްއާރުސީއެމްގެ މެންބަރުކަން ހުސްވެފައިވަނީ، ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ މިދިޔަ އޮކްޓޯބަރު މަހު އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހަބީބަކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން 2014 އިން ފެށިގެން ދެ ދައުރު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ އެ ކޮމިޝަނުން ވަކިވެވަޑައިގެންނެވީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. ހަބީބު ވަނީ ވިލާ ކޮލެޖުން ޤާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާ، ޤައުމީ ޔުނިވަރސިޓީއިން ދިވެހި ބަހުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

މިހާރު އެޗްއާރުސީއެމްގައި ތިއްބެވި އެހެން މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ، މުއުމިނާ ވަޙީދު، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤު އަދި ސަމާޙު އަޙްމަދު ނަޖީބެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy