ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ފަރުހާދު ރަޝީދު އައްޔަންކުރައްވައިފި

ފަރުހާދުއަށް ފަތްކޮޅު ހަވާލުކުރެއްވުން / ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމުގެ މަޤާމަށް ސިވިލް ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު އައްޔަންކުރައްވައިފިއެވެ.

ފަނޑިޔާރު ފަރުހާދަކީ އެ ކޮމިޝަނުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލުކުރައްވާނެ މެންބަރެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވުނުނު އިންތިޚާބެއްގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ވޯޓުން ފަރުހާދު ޖޭއެސްސީއަށް ވަނީ އައްޔަން ކުރެވިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މަޤާމުގެ ފަތްކޮޅު ފަރުހާދުއާއި ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ފަރުހާދަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. ދަށު ކޯޓުތަކޓުތަކުގެ ފަނޑިޔާރުން ތަމްސީލުކުރާ މެންބަރުގެ އިންތިޚާބު މިދިޔަ މަހު ބޭއްވުނީ ކުރިން އެ މަޤާމު ފުރުއްވި ފަނޑިޔާރު އަލީ ޝަރީފްގެ ދައުރު ހަމަވުމުންނެވެ.

ފަނޑިޔާރު ފަރުހާދަކީ 2013 އިން ފެށިގެން ސިވިލް ކޯޓުގައި ފަނޑިޔާރުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ. މިދިޔަ އަހަރު ފަރުހާދާ ގުޅޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކުރެއްވި ކަމުގެ ތުހުމަތުގައި މައްސަލައެއް ޖޭއެސްސީން ބެލި ނަމަވެސް، އެ މައްސަލައަށް ބާރުދޭ އެއްވެސް ހެއްކެއް ނުލިބުމުން އެ މައްސަލަ ސާބިތުނުވާ ކަމަށް ކޮމިޝަނުން ނިންމާފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

7 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy