ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އުއްމީދީ ކުރިއެރުމެއް

ރާއްޖޭގެ މަރުކަޒީ ބޭންކު

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއެމްއޭގެ ވިޔަ ޕޯޓަލްގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓް މަސް ނިމުނުއިރު ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި ބޭރު ފައިސާގެ ރިޒާވް ނުވަތަ ޔޫސެބުލް ރިޒާވަށް 17.6 މިލިއަން ޑޮލަރު އިތުރުވެ، 26 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްގައި 61.22 މިލިއަން ޑޮލަރު ހުރިއިރު، ޖުލައި މަހު މި އަދަދު ހުރީ 43.65 މިލިއަން ޑޮލަރުގައެވެ. މިއީ މަހުން މަހަށް 17.6 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ނަމަވެސް، މިހާރު ރިޒާވް ހުރި އަދަދަކީ ދެ ހަފްތާއަށް ފުދޭވަރަށް ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރެވޭނެ އަދަދެއްކަން ފާހަގަކުރެވެއެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރަން މަހެއްގެ މައްޗަށް 70 މިލިއަނެއްހާ ޑޮލަރު ބޭނުންވެއެވެ.

ޔޫސެބުލް ރިޒާވް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޖުމްލަ ރިޒާވް އިތުރުވުމެވެ. އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ ރިޒާވަށް 48.4 މިލިއަން ޑޮލަރު އިތުރުވެ، 443.9 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭރު ފައިސާގެ ރިޒާވަކީ ޤައުމެއްގެ އިޤްތިޞާދީ އަދި މާލީ ހާލަތު ވަޒަންކުރުމަށް ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުން ބަލާ މުހިންމު މިންގަނޑެއްކަން ފާހަގަކޮށްލެވެއެވެ. މި ކުރިއެރުމަކީ ރާއްޖޭގެ އިޤްތިޞާދަށް އުއްމީދީ ސިގްނަލެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy