އެކްސިޑެންޓްތައް ހުއްޓުވުމަށް ޕޮލިހުން މަގުތަކަށް / ފޮޓޯ:ޕޮލިސް
މާލެ އާއި ހުޅުމާލޭގައި އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާ މަގުތަކުގައި 24 ގަޑިއިރު ފުލުހުން ފޯރިމަރަން ފަށައިފިއެވެ.
މިއީ މިފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުން ދިއުމާ ގުޅިގެން، އެކަން ހުއްޓުވުމަށް އެޅި ފިޔަވަޅެއްކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާއި ހުކުރު ދުވަހުގެ ރޭ ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު ނިޔާވުމާ ގުޅިގެން، މި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާ މަގުތަކުގެ ތެރޭގައި ހުޅުމާލޭ ނިރޮޅުމަގާއި، ހުޅުމާލޭ ފޭސް ދޭކަށް ދާ ހައިވޭ އަދި ބްރިޖު ހައިވޭ ހިމެނެ އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެންމެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަނީ އެ ސަރަހައްދުގެ މަގުތަކުގައި ކެމެރާ ހަރުކޮށްފައި ނެތުމުންނެވެ. އެހެންކަމުން، އެ މަގުތަކުގައި ފުލުހުން ބޭތިއްބުމުން، ބާރަށް ދުއްވާ އުޅަނދުތައް ދެނެގަނެވި، ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ހަފުތާ ބަންދު ދުވަސްތަކުގައި ހައިވޭތަކާއި މަގުތަކުގައި ވެހިކަލް ޗެކް ޕޮއިންޓުތައް ޤާއިމުކުރާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ. އަދި މި މައްސަލަތަކަށް ހައްލެއް ގެނެވޭނީ ހުރިހާ ފަރާތްތަކުން ވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް