ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކޮށްފި

ޔޫސުފް އަބްދުލްގަފޫރު

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މަގާމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ޔޫސުފް މަގާމުން ވަކިކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ނެވެ. ނަމަވެސް، އޭނާ ވަކިކުރި ސީދާ ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކުރުމާ ގުޅިގެން، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ސްޓޭޓް މިނިސްޓަރުންގެ ލިސްޓުން އޭނާގެ ނަމާއި ފޮޓޯ ވަނީ އުނިކޮށްފައެވެ. މިހާރު އެ މިނިސްޓްރީގައި ތިއްބެވީ 3 ސްޓޭޓް މިނިސްޓަރުންނާއި 13 ޑެޕިއުޓީ މިނިސްޓަރުންނެވެ.

ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދަކީ ސިޔާސީ މަޤާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުން ކަމުގައި ވިޔަސް، އެ އަދަދު ވަނީ އެއަށްވުރެ މައްޗަށް އަރާފައެވެ. މިދިޔަ އޭޕްރީލް މަހު މިނިސްޓްރީން ހިއްސާކުރި މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، އެ މިނިސްޓްރީގައި 43 ސިޔާސީ ބޭފުޅުން ތިއްބެވިއެވެ.

ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމައި އިޢުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މުވައްޒަފުން މަދުކުރުން ވެސް ހިމެ ހިމެނެއެވެ. މި ފިޔަވަޅުތަކުގެ ދަށުން ސިޔާސީ މަޤާމުތައް މަދުކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy