އެމެރިކާގެ ރިޔާސީ އިންތިހާބުގެ ފޯރި ވަނީ ވަރަށް ގަދަވެފައި
އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ކަމަލަ ހެރިސް ކަމަށް އެމެރިކާގެ މަޝްޙޫރު ތާރީޚް އިލްމުވެރިޔާ އެލަން ލިޗްމެން ލަފާކޮށްފިއެވެ.
ލިޗްމެން އަކީ އެމެރިކާގައި މިހާތަނަށް ބޭއްވި 10 ރިޔާސީ އިންތިޚާބުގެ ތެރެއިން ނުވަ އިންތިޚާބު ކާމިޔާބު ކުރައްވާނެ ބޭފުޅުން ރަނގަޅަށް ލަފާކުރި އެމެރިކާގެ ތާރީޚް ދިރާސާކުރާ މީހެކެވެ. ވޮޝިންގްޓަން ޑީ.ސީ.ގައި ހުންނަ އެމެރިކަން ޔުނިވާސިޓީން "ޑިސްޓިންގިޝްޑް ޕްރޮފެސާ" ގެ ލަގަބު ލިބުމުގެ ކުރިން ލިޗްމަން ވަނީ ޕީއެޗްޑީ ހާސިލް ކޮށްފައެވެ. ހާވަޑްގައި އެމެރިކާގެ ޒަމާނީ ތާރީޚާއި ކުއަންޓިޓޭޓިވް މެތޯޑްސް އަށް ޚާއްސަވެފައިވާ ލިޗްމަން އަކީ 13 ފޮތާއި އެތައް ސަތޭކަ އެކަޑަމިކް އާޓިކަލްތަކެއް ލިޔެފައިވާ މީހެކެވެ.
ލިޗްމަން އެގޮތަށް ލަފާކޮށް ނެރެފައިވާ ވީޑިއޯއެއް ދަ ނިއު ޔޯކް ޓައިމްސް އިން ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ބުނީ އެގޮތަށް ލަފާކުރީ މައިގަނޑު 13 ކަމެއްގެ މައްޗަށް ބަލާފައި ކަމަށެވެ.
އެ ކަންތައްތަކުގެ ތެރޭގައި ޑިމޮކްރެޓިކް ޕާޓީއަށް ހައުސްގެ ގޮނޑިތައް މެދު ދައުރުގެ އިންތިޚާބުގައި ލިބުމާއި، މިހާރު ވެސް ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު ރައީސްގެ މަގާމަށް ވާދަކުރެއްވުމާއި، ޑިމޮކްރެޓުން ޕްރައިމަރީ ނުބޭއްވުމާއި، މައިގަނޑު ދެ ޕާޓީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު ކެންޑިޑޭޓުން ވެސް އިންތިޚާބުގައި ވާދަކުރެއްވުން ހިމެނެއެވެ.
އަދި ކުރު މުއްދަތެއްގައި ވަރުގަދަ އިގްތިސާދެއް އޮތުމާއި، ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުން މިދިޔަ ދެ ދައުރުގައި ވެސް ރަނގަޅުވުމާއި، ޑިމޮކްރެޓިކް ޕާޓީން ގައުމީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނައުން ހިމެނެއެވެ.
ލިޗްމަން ބުނި ގޮތުގައި މި ކަންތައްތަކުގެ ތެރެއިން އަށް ކަމެއް ހެރިސްއާ އެއްކޮޅަށް އޮތްއިރު އަނެއް ތިން ކަމަކީ ޓްރަމްޕާ އެއްކޮޅަށް ހުރި ކަންތައްތަކެވެ.
ލިޗްމަން ވަނީ 2000 ވަނަ އަހަރު ރިޕަބްލިކަން ޕާޓީން ވާދަކުރެއްވި ޖޯޖް ޑަބްލިއު ބުޝް ކާމިޔާބު ކުރެއްވި އިންތިޚާބު ފިޔަވައި މިދިޔަ ބައިގަރުނުގެ ތެރޭގައި ގާތްގަނޑަކަށް ކޮންމެ އިންތިޚާބެއްގެ ނަތީޖާ ރަނގަޅަށް ލަފާކޮށްފައެވެ. އެ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރެއްވީ އަލް ގޯއެވެ.
ލިޗްމަންގެ މި ލަފާކުރުމާއެކު، އެމެރިކާގެ ސިޔާސީ މަޝްރަހު އިތުރަށް ހޫނުވާނެ ކަމަށް ބެލެވެއެވެ. އަދި އަންނަ ނޮވެމްބަރުގައި ބޭއްވޭ އިންތިޚާބަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް