ދަރުބާރުގޭ ކައިރިން ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

އެކްސިޑެންޓުގައި ނިޔާވި ޒުވާނާ

މާލޭގެ ދަރުބާރުގޭ ކައިރިން މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 21 އަހަރުގެ ޒުވާނާ، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭ ނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި، ކާރަކާއި ސައިކަލެއް ޖެހިގެން އެރޭ ދަންވަރު 12:50 ހާއިރު އެވެ. އެކްސިޑެންޓަށް ފަހު، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔައީ ސައިކަލް ދުއްވަން އިން މުހައްމަދު ލީވާންއަށެވ

މި އެކްސިޑެންޓުގައި ލީވާން ދުއްވަން އިން ސައިކަލަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް ވެ އެވެ. ސައިކަލު ގޮސް ޖެހިފައި ވަނީ ކާރުގެ ވާތްފަރާތު ކުރީ ދޮރުގަ އެވެ.

މިއީ މިދިޔަ ދެ ދުވަސް ތެރޭ އެކްސިޑެންޓު ވެގެން ނިޔާވި ދެވަނަ ޒުވާނާ އެވެ. މިގޮތުން، މިދިޔަ ހުކުރު ދުރު ދުވަހު ހުޅުމާލޭގައި ސްޕޯޓް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ހަސަން ސަމާހް ވަނީ ނިޔާވެފައެވެ. އެ އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި 26 އަހަރުގެ މުހައްމަދު ވިސާމް ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އޭނާގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސެއް ނެތްކަން ވެސް ފާހަގަކުރެވެ އެވެ.

މި ފަދަ އެކްސިޑެންޓުތައް އިތުރުވަމުން ދިއުމާ ގުޅިގެން، ސަރުކާރުން މިހާރު ވަނީ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މި ފިޔަވަޅުތަކުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy