ޕެރިހުގައި ކުޅެ އިޓަލީން ފްރާންސް އަތުން މޮޅުވެއްޖެ

ރޭގެ މެޗުގައި އެމްބަޕޭ ކުޅެނީ

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދޭއްގައި ފްރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ކުޅުނު މެޗު 3-1 ލަނޑުން ފުރާންސްގެ މައްޗަށް އިޓަލީން ކުރި ހޯދައިފިއެވެ.  

މެޗު ފެށިގެން 12 ސިކުންތު ތެރޭގައި ފްރާންސްގެ ބްރެޑްލީ ބަކޯލާ ލަނޑެއް ޖަހައި ލީޑު ނެގި ނަމަވެސް، އިޓަލީގެ ކުޅުންތެރިން ވަނީ ފަހުން މޮޅު ކުޅުމެއް ދައްކާފައެވެ. އިޓަލީގެ ފަރާތުން ފެޑެރީކޯ ޑި މާކޯ، ޑަވީޑޭ ފްރަޓޭސީ އަދި ޖިއަކޯމޯ ރަސްޕަޑޯރީ ވަނީ ލަނޑު ޖަހާފައެވެ.

އިޓަލީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި، އިޓަލީގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.

މި ގްރޫޕްގައި ކުޅުނު އަނެއް މެޗުގައި ބެލްޖިއަމް ވަނީ 3-1 އިން އިޒްރޭލް ބަލިކޮށްފައެވެ. ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ ދެ ލަނޑު ޖެހިއެވެ.

މި ނަތީޖާއާ އެކު އިޓަލީ އާއި ބެލްޖިއަމް ވަނީ މި ގްރޫޕްގެ އެއްވަނައަށް ވާދަކުރާ ދެ ޓީމަށްވެފައެވެ. އަދި ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން މި ގްރޫޕުގެ 1 ވަމަ ކަނޑއެޅިގެން ދާނެއެވެ.

އިޓަލީގެ ރޭގެ މި މޮޅަކީ މި ފަހަކަށް އައިސް އިޓަލީ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކާއި ގުޅިގެން ޓިމަށް ކިޔާ ފާޑުކިޔުންތަކެއް ދިން ރަނގަޅު ރައްދެއްކަމަށް ބެލެވެއެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy