މިފަހަކަށް އައިސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައިވޭ
ހުޅުމާލެ 2 ގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއް ދުއްވަން އިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 6:50 ގައި ހުޅުމާލެ 2 ގައި ދުއްވަމުން ދިޔަ ސައިކަލަކާއި ކާރެއް ޖެހުމުގެ ސަބަބުންނެވެ. ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން މިހާރު އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯ އެއްގައި ދައްކާ ގޮތުން، ސައިކަލު ދުއްވަން އިން މީހާ ވަނީ ކޮންޓްރޯލް ގެއްލި ފާރަކަށް އަރާފައެވެ. މި ހާދިސާގައި އޭނާގެ ބޯ ފާރުގައި ޖެހި، ފާރާއި ބިންމަތީގައި ލޭ ހުރި މަންޒަރު ފެނިފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ފަހަކަށް އައިސް ހިނގަމުންދާ އެކްސިޑެންޓްތަކުގެ ސިލްސިލާއެއްގެ ތެރެއިންނެވެ. މިގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ޒުވާނަކު ނިޔާވިއެވެ. އަދި މިދިޔަ ޖުލައި 31 ވަނަ ދުވަހު ވެސް ސްޕޯޓްސް ކާރަކުން މީހެއްގެ ގައިގައި ޖެހި ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ.
މި އެކްސިޑެންޓްތަކާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަގުތުން ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އޭގެ ތެރޭގައި ހުޅުމާލެއިން ރޭސިންގ އަދި ޑްރިފްޓިންގ އަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ވަގުތުން ބާޠިލުކުރުން ހިމެނެއެވެ.
މި ހާދިސާތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކުރެވެމުންދާއިރު، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގިނަ ބަޔަކު ގޮވާލަމުންދެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް