ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އަތުލައިގަތުން
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އަތުލައިގެންފިއެވެ.
ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ހިންގަމުންދާ މައްސަލައިގައި ބިދޭސީ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ ފައިސާއާއެކުގައެވެ.
އިމިގްރޭޝަނުން ބުނީ ، އެ މީހުންގެ ޓާސްކް ފޯހުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް ބިދޭސީންގެ އަތުން އެތައް ލައްކަ ރުފިޔާއެއް ފެނިފައިވާ ކަމަށެވެ. އެ މީހުންގެ އަތުން ފައިސާގެ އިތުރުން ގިނަ އަދަދެއްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ވެސް ފެނިފައިވާކަމަށެވެ.
މި އޮޕަރޭޝަންގައި އަތުލައިގަތް ފައިސާގެ ސީދާ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އަތުލައިގަތް ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރާއި އެހެނިހެން ބޭރު ފައިސާގެ އިތުރުން ދިވެހި ރުފިއްޔާ ނޫޓުތައް ގިނަ އަދަދަކަށް ހުއްޓެވެ.
އިމިގްރޭޝަނުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ތައް ހާމަކުރާނެ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް