އަޒަރުބައިޖާން އެއާލައިންސްގެ ފުލައިޓޭއް
މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް އަޒަރުބައިޖާން އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ބާއްވާނެ ކަމަށް އިއުލާނުކޮށްފިއެވެ.
އެ އެއާލައިނުން އިއުލާނުކޮށްފައިވާ ގޮތުގައި، އަންނަ ނޮވެމްބަރު 8 އިން ފެށިގެން އަޒަރުބައިޖާން އެއާލައިންސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފަށާނެއެވެ.
މިއީ އަޒަރުބައިޖާން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.
މި ދަތުރުތައް ބާއްވާނީ ހަފްތާއަކު ދެ ދުވަހުއެވެ. އަޒަރުބައިޖާނުން މާލެއަށް ދަތުރުތައް އޮންނާނީ ހުކުރު އަދި އާދިއްތަ ދުވަހުއެވެ. އަދި މާލެއިން އަޒަރުބައިޖާނަށް ދަތުރުތައް އޮންނާނީ ހޮނިހިރު އަދި ހޯމަ ދުވަހުއެވެ. ގާތްގަނޑަކަށް ހަ ގަޑިއިރު ހޭދަވާނެ މި ދަތުރުތައް ކުރާނީ ބޮއިން-787 މަރުކާގެ ބޯޓުތަކުގައެވެ.
މި ދަތުރުތައް ފެށުމުން، ހުޅަނގު އޭޝިއާ ސަރަހައްދުގައި އޮންނަ މި ގައުމަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ވެސް ފަސޭހަވެގެންދާނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާ ދިމާކޮށް ގިނަ މަންޒިލުތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ބާއްވަމުން އަންނަ ކަމެވެ. އަޒަރުބައިޖާން އެއާލައިންސްގެ މި ދަތުރުތަކަކީ ވެސް މި މޫސުމުގައި ރާއްޖެއަށް އިތުރުވާ ދަތުރުތަކުގެ ތެރެއިން ދަތުރުތަކެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް