މެސީ އާއި ރޮނާލްޑޯގެ ނަން 21 އަހަރަށްފަހު ބެލަންޑޯ އެވޯޑުން އުނިވެއްޖެ

މެސީ އާއި ރޮނަލްޑޯ

ފުޓްބޯޅަ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ދެ ތަރި ކަމަށްވާ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން މިއަހަރުގެ ބެލަންޑޯ އެވޯޑަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ލިސްޓުން ވަނީ އުނިވެފައެވެ.

މިއީ 2003 ވަނަ އަހަރުން ފެށިގެން މި ދެ ކުޅުންތެރިންކުރެ އެއްވެސް ކުޅުންތެރިއެއްގެ ނަން މި އެވޯޑަށް ނޮމިނޭޓްނުވާ ފުރަތަމަ ފަހަރެވެ.

މި ދެ ކުޅުންތެރިން މިއަހަރުގެ ބެލަންޑޯ އެވޯޑަށް ނޮމިނޭޓްނުވީ މިހާރު ޔޫރަޕްގެ ލީގުތަކުގައި ނުކުޅޭތީއެވެ. ރޮނާލްޑޯ މިހާރު ކުޅެމުންދަނީ ސައުދީ އަރަބިއާގެ ލީގުގައެވެ. އަދި މެސީ ކުޅެމުންދަނީ އެމެރިކާގެ މޭޖަރ ލީގް ސޮކަރގައެވެ.

މެސީއަކީ މިދިޔަ އަހަރުގެ ބެލަންޑޯ އެވޯޑް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މުޅި ތާރީޚުގައި އެންމެ ގިނަ ފަހަރު، ޖުމްލަ 8 ފަހަރު މި އެވޯޑް ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯ ވަނީ 5 ފަހަރު މި އެވޯޑް ކާމިޔާބުކޮށްފައެވެ. އަދި އޭނާއަކީ އެންމެ ގިނަ ފަހަރު، ޖުމްލަ 18 ފަހަރު މި އެވޯޑަށް ނޮމިނޭޓްވެފައިވާ ކުޅުންތެރިޔާއެވެ.

މި ދެ ކުޅުންތެރިންގެ ނަން މިއަހަރުގެ ލިސްޓުން އުނިވުމާއެކު، 21 އަހަރުގެ ތާރީޚެއް ނިމުމަކަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ. މިކަމުން ދައްކުވައިދެނީ ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވާކަމެވެ.

ފްރާންސްގެ ފުޓްބޯޅަ މަޖައްލާ "ފްރާންސް ފުޓްބޯލް" އިން އިންތިޒާމްކުރާ ބެލަންޑޯ އެވޯޑަށް މިއަހަރު އައު ބަދަލުތަކެއް ގެނެސްފައިވެއެވެ. މިގޮތުން މިއަހަރުން ފެށިގެން ޔުއޭފާއިން މި އެވޯޑުގައި ބައިވެރިވާނެއެވެ. އަދި އެވޯޑަށް ކުޅުންތެރިން ހޮވުމުގައި ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގ ލިސްޓުގެ ފުރަތަމަ 100 ގައުމުގެ ކުޅިވަރު ނޫސްވެރިން ބައިވެރިވާނެއެވެ. ކޮންމެ ގައުމަކުން ވޯޓުލާނީ އެންމެ ނޫސްވެރިއެކެވެ.

މިއަހަރުގެ އެވޯޑަށް ނޮމިނޭޓްވެފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އާލިން ހާލޭންޑް، ޓޯނީ ކްރޫސް، ވިނީޝިއަސް ޖޫނިއަ، ރޮޑްރީ، ލަމީން ޔަމާލް، ޖޫޑް ބެލިންހަމް، ހެރީ ކޭން، ރުބެން ޑިއާސް އަދި ފިލް ފޯޑެން ފަދަ ނަން މަޝްޙޫރު ކުޅުންތެރިން ހިމެނެއެވެ.

މި ފަހަރުގެ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

28 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy