ކަސްޓަމްސްގެ ގިނަ ހިދުމަތްތައް މިއަދުވެސް ލިބޭނެ
މިއަދަކީ ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވާ ދުވަހެއް ނަމަވެސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގްރޭޓަރ މާލޭ ސަރަހައްދުގައި ގާއިމުކުރެވިފައިވާ ކަސްޓަމްސްގެ އޮފީސްތަކުން ޚިދުމަތް ލިބޭނެ ކަމަށެވެ. މީގެ ތެރޭގައި މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ދޫކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
އަދި ހަމައެއާއެކު، އުޅަނދުފަހަރަށް ކްލިއަރެންސް ދިނުމާއި ބޮންޑެޑް ވެއަރހައުސްތަކާ ގުޅޭ ޚިދުމަތްތައްވެސް މިއަދު ފޯރުކޮށްދެމުން ގެންދާނެ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.
މި ނިންމުމަކީ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ. ޚާއްސަކޮށް ބަންދު ދުވަހެއްގައިވެސް މުހިންމު ޚިދުމަތްތައް މެދުނުކެނޑި ލިބެމުންދިއުމަކީ ގައުމުގެ އިގްތިސާދަށް ފައިދާހުރި ކަމެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް