ބަންކަރިން ޚިދުމަތަށްދަނީ ފަހުގެ ތައްޔާރީތައްވަމުން : ފޮޓޯ:އެމްޕީއެލް :
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް އެސްޓީއޯއިން ގެންނަ ދެ ބޯޓު މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ދެ ބޯޓު މާލެއަށް އައުމަށްފަހު، 11 ނުވަތަ 12 ވަނަ ދުވަހު ރާއްޖޭގެ އުތުރަށް ގެންދެވޭނެއެވެ.
ކޮންމެ ބޯޓެއްގައި ގާތްގަނޑަކަށް 4000 ޓަނުގެ ފިއުލް އެޅޭނެ ކަމަށާއި، ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާނީ އިހަވަންދިއްޕޮޅުގައި ކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.
ބަންކަރިންގެ ޚިދުމަތާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހީމް ވިދާޅުވެފައިވަނީ، މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ އިމާރާތެއް ހއ. އުލިގަމުގައި ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށާއި، މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ ޢިމާރާތް ހުޅުވޭނެ ކަމަށެވެ.
އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ފަށާ ދުވަހުން ފެށިގެން، އެމްޕީއެލްއިން ބޯޓުފަހަރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭން ތައްޔާރަށް ތިބޭނެ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމުން، ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވެ، 6 ބިލިއަން ދިވެހި ރުފިޔާގެ އައު ސިނާއަތެއް އުފެދޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް