ދިވެހި ގައުމިއްޔަތުގެ އިސްވަރު ކޮލެޖް ރައީސުލްޖުމުހޫރިއްޔާ އިފްތިތާހުކޮށްދެއްވައިފި

އިސްވަރުންނަށް ފަތްކޮޅު އެރުވުން / ފޮޓޯ:ރައީސް އޮފީސް

ގައުމިއްޔަތުގެ ދިރާސާތައް ހެދުމަށް ސަރުކާރުން އުފައްދަން ނިންމި ހާއްސަ ކޮލެޖް، "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

މި ކޮލެޖް އިފްތިތާހުކޮށްދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވުނު ރަސްމީ ހަފްލާގައެވެ.

ގައުމިއްޔަތު ދިރުވުމަށްޓަކައި ތިން އިދާރާއެއް އުފެއްދެވުމަށް ރައީސް މުއިއްޒު ނިންމަވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. އޭގެ ތެރޭގައި މި ގައުމިއްޔަތަށް ހާއްސަ ކޮލެޖް ހިމެނެއެވެ. މިނިސްޓަރު އާދަމް ނަސީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިއީ ކިޔެވުމަށް ހާއްސަ ކޮލެޖެއް ނޫނެވެ. މިއީ ރާއްޖޭގެ ސަގާފަތާ ގުޅޭ އެކި ތަފާތު ދިރާސާތައް ކުރުމަށް ހާއްސަ ކޮލެޖެކެވެ.

އިފްތިތާހީ ރަސްމިއްޔާތުގައި ދެއްކެވި ޕްރެޒެންޓޭޝަނުގައި ބުނެފައިވަނީ މި ކޮލެޖަކީ ރައީސް މުއިއްޒު އެކަށައަޅުއްވާފައިވާ ގައުމިއްޔަތު އިޔާދަކުރެއްވުމުގެ ގައުމީ ނިޒާމްގެ މުހިންމު އެއް ގުނަވަން ކަމަށެވެ.

"އިސްވަރު" އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ ދިވެހި ބަހުގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ. މި ރަސްމިއްޔާތުގައި މި ފަސް ދާއިރާއަށް އިސް ބޭފުޅުން އައްޔަންކޮށްފައިވެ އެވެ.

ކޮލެޖްގެ ކައުންސިލްގެ ފަސް ބޭފުޅުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ މަރްޔަމް ތައުފީގާ (ދިވެހި ބަހުގެ އިސްވާރު)، ކަށީމާ އަހްމަދު ޝާކިރު (ދިވެހި ތާރީހުގެ އިސްވާރު)، ހަސަން ޒަރީރު (ދިވެހި ތަރިކައިގެ އިސްވާރު)، މުހައްމަދު އަބްދުލްގާދިރު (ދިވެހި ސުމޭކުގެ އިސްވާރު) އަދި މަރްޔަމް އިޝާ އަޒީޒް (ދިވެހި ފަންނުގެ އިސްވާރު) އެވެ.

މި ޖަލްސާގައި ވާހަކަ ދެއްކެވި ދިވެހި ބަހާއި ތަރިކައާ ގުޅޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި 'ވަރު' މި ލަފްޒު ނެގިފައި ވަނީ، ގައުމީ ދުވަހުގެ ބަތަލު ރާއްޖެ މިނިވަން ކުރުމަށް ފަހު، ކަންކަން ބެލެހެއްޓުމަށް އުފެއްދި ގްރޫޕްތަކަށް ކިޔާ ނަމުންނެވެ. މި ކޮލެޖް އުފެއްދުމަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy