ކާބޯތަކެތި އުފައްދާ ވިއްކުމުގެ މިންގަނޑު އެމްއެފްޑީއޭއިން އާންމުކޮށްފި

ކާބޯތަކެއްޗަކީ ރައްކާތެރި ތަކެއްޗަށް ވާންޖެހޭ

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ، ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ކަނޑައަޅައި އާއްމުކޮށްފިއެވެ.

މި މިންގަނޑުގައި ކާބޯތަކެތި އުފައްދާ ތަންތަން ހުންނަންޖެހޭ ގޮތާއި، އަމަލުކުރަންޖެހޭ އާންމު ޝަރުތުތައް ބަޔާންކޮށްފައިވެއެވެ.

މިގޮތުން ކާބޯތަކެތި އުފައްދާ ތަނަކީ ވަހާއި، ދުމާއި، ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ ތަނަކަށް ވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ބަދިގެ ހުންނަންޖެހޭ ގޮތުގެ ތެރޭގައި އަތް ދޮވުމާއި ހިފާގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމަށް ބޭނުންވާ އިންތިޒާމު ހަމަޖެހިފައި ހުރުމާއި، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގެންގުޅޭތަކެތި އަބަދުވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި އާމްދަނި ހޯދުމުގެ ބޭނުމަށް ކާބޯތަކެތި ތައްޔާރުކުރުމަށް ވަކި ހާއްސަ ގަޑިއެއް ކަނޑައެޅިފައި އޮންނަންވާނެއެވެ.

ހިފާ ގެންގުޅޭ ސާމާނާއި އާލާތްތަކުގެ ތެރޭގައި އާމްދަނީ ހޯދުމަށް ކާބޯތަކެތި ތައްޔާރު ކުރުމަށް ވަކި ތެލި ތަށި ފަދަ ތަކެތި ހާއްސަކޮށްފައި ހުންނަންވާނެއެވެ. އަދި ރޯ ނުފިލުވައި ހުންނަ ކާބޯތަކެއްޗާއި އެނޫން ކާބޯތަކެއްޗަށް ވަކި ހާއްސަ ތަށި ސަމުސާ ފަދަ ތަކެތި ބޭނުންކުރަންވާނެއެވެ.

ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުގެ އާންމު ސާފުތާހިރުކަމުގެ ތެރޭގައި ކާބޯތަކެއްޗާއި އަތްލުމުގެ ކުރިންނާއި ފަހުން އަތް ދޮވުމާއި، ކާބޯތަކެތި ތައްޔާރުކުރާއިރު ދުފުން ފަދަ ޢަމަލުތައް ނުހިންގުމާއި، ސާފުތާހިރު ހެދުމެއްގައި ހުރުން ހިމެނެއެވެ. އަދި ކާބޯތަކެތި ތައްޔާރުކުރާ ވަގުތުގައި ގަހަނާ އަދި އަތުކުރި ގަޑި ފަދަ ތަކެތި ނޭޅުމަށްވެސް އަންގާފައިވެއެވެ.

މީގެ އިތުރުން ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ބާވަތްތައް ގަންނަ ތަންތަން އިނގޭނެ މައުލޫމާތު އެއްކޮށްފައި ބަހައްޓަންވެސް އަންގާފައިވާއިރު، ކާބޯތަކެތި ތައްޔާރުކުރުމަށާއި އަދި އެކަމަށް ބޭނުންކުރާ ބާވަތްތައް ދޮވުމަށް ބޯންކަމުދާ ފެން ބޭނުން ކުރަންވެސް އަންގާފައި ވެއެވެ.

މި މިންގަނޑު އާންމުކޮށްފައިވަނީ އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy