އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދުމަށް އަނެއްކާވެސް އިޢުލާންކޮށްފިއެވެ.
މިއީ މިދިޔަ މަހުގެ 8 ވަނަ ދުވަހު ކުރި އިޢުލާނަށް އެކަށީގެންވާ އަދަދަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ، އަލުން ކުރި އިޢުލާނެކެވެ.
އެމްއެމްއޭއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، ކުރީގެ އިޢުލާން ބާޠިލުކޮށް، ޓަރމްސް އޮފް ރިފަރެންސްއަށް ބަދަލުގެނެސް އަލުން މި ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަޤާމުތަކަށް ބޭނުންވަނީ ހުނަރުވެރި، ޤާބިލު އަދި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ. އަދި މި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަޤާމުތަކަކީ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތު އޮތް މަޤާމުތަކެއްކަން އެމްއެމްއޭއިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
އަލަށް އުފައްދާފައިވާ ދާއިރާތަކަކީ މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ބޭންކިންގ އޮޕަރޭޝަންސް، ކޯޕޮރޭޓް ސަރވިސަސް، އަދި ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓެވެ.
މި މަގާމުތަކުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50،000ރ. އާއި 55،000ރ. އާ ދެމެދުގެ އަދަދެއް ލިބޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަދުވަހުގެ 13:00ގެ ކުރިން ހުށައެޅުމަށް މަރުކަޒީ ބޭންކުން ވަނީ ހުޅުވާލާފައެވެ. މި މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް