ޕީސީބީ ބޯޑުގެ ބައެއް މެމްބަރުން
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ދައުލަތުގެ ކުންފުނިތަކަށް ޚަރަދު ކުޑަކުރުމަށް އަންގައިފިއެވެ.
މިގޮތުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމަށާއި އެހެނިހެން ޚަރަދުތައް ކުޑަކުރުމަށް އަންގާފައިވެއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ހާލަތުން އަރައިގަތުމަށް މި ފިޔަވަޅުތައް އަޅަން ޖެހިފައިވާކަމަށް ޕީސީބީން ބުނެފައިވެއެވެ.
ޚަރަދު ކުޑަކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރު ޚަރަދާއި މުވައްޒަފުންގެ ޚަރަދު ކުޑަކުރުން ހިމެނެއެވެ. މިގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މަދުކުރުމަށާއި، ބޭރުގެ ފަރާތްތަކާ އޮންލައިންކޮށް ބައްދަލުކުރުމަށް އަންގާފައިވެއެވެ. އަދި ފެރީގެ ޚިދުމަތް ލިބޭ ސަރަޙައްދުތަކުގައި ފެރީ ބޭނުންކުރުމަށާއި، ދަތުރުތަކުގެ ޚަރަދު ވީހާވެސް ކުޑަކުރުމަށް އަންގާފައިވެއެވެ. މީގެއިތުރުން، 6 ގަޑިއިރަށްވުރެ ކުރު ބޭރު ދަތުރުތަކުގައި ފަސްޓް ކްލާހުން ދަތުރު ނުކުރުމަށްވެސް އަންގާފައިވެއެވެ.
މުވައްޒަފުންގެ ޚަރަދު ކުޑަކުރުމަށް، ކޮންމެހެން ބޭނުންވާ މުވައްޒަފުން ނޫނީ އިތުރު މުވައްޒަފުން ނުނެގުމަށާއި، ޕީސީބީގެ ހުއްދައާ އެކު ނޫނީ މުސާރައާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށް އަންގާފައިވެއެވެ. އިތުރުގަޑީގެ މަސައްކަތް މަދުކުރުމަށާއި، ތަމްރީނުތަކަށް ކުންފުނީގެ އަމިއްލަ ވަސީލަތްތައް ބޭނުންކުރުމަށްވެސް އަންގާފައިވެއެވެ. އަދި ކަރުދާހުން ކުރާ މުޢާމަލާތްތައް ކުޑަކޮށް، ޑިޖިޓަލްކޮށް މުޢާމަލާތް ކުރުން އިތުރުކުރުމަށާއި ހަފްލާތަކުގެ ރިފްރެޝްމަންޓްތަކަށް ކުރާ ޚަރަދު ކުޑަކުރުމަށްވެސް އަންގާފައިވެއެވެ.
މި ފިޔަވަޅުތަކަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިގޮތުން ބައެއް ކުންފުނިތައް އުވާލުމަށާއި އެއްކަހަލަ މަސައްކަތްކުރާ ކުންފުނިތައް އެއްކޮށްލުމަށް ވަނީ ނިންމާފައެވެ. މި އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ޚަރަދުތައް ކުޑަވެ، ފައިދާ އިތުރުވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް