އިޒްރޭލަށް ވިއްކާ ބައެއް ހަތިޔާރުގެ ލައިސަންސް އިނގިރޭސިވިލާތުން ހިފަހައްޓައިފި

އިސްރާއިލުގެ ހަމަލާތަކާއި ދުނިޔޭގެ ގިނަ ޤައުމުތަކުން ދެކޮޅު

އިނގިރޭސިވިލާތުން އިޒްރޭލަށް ފޯރުކޮށްދޭ ބައެއް ހަތިޔާރު ބޭނުންކުރަމުންދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ، އިނގިރޭސިވިލާތުން އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން މެދުކަނޑާލައިފިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވި ގޮތުގައި، އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ 350 ލައިސަންސްގެ ތެރެއިން 30 ލައިސަންސް ސަސްޕެންޑް ކުރާނެއެވެ. މި ފިޔަވަޅުގެ ސަބަބުން ހަނގުރާމަމަތީ މަތިންދާބޯޓާއި ހެލިކޮޕްޓަރު އަދި ޑްރޯން ފަދަ އާލާތްތަކަށް އަސަރު ކުރާނެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ޔޫކޭގެ ޗީފް އެގްޒެކެޓިވް ސަޗާ ދޭޝްމުކް ވިދާޅުވެފައިވަނީ މި ފިޔަވަޅުތަކަކީ ވަރަށް ހަނި އަދި ފުށުއެރުންތަކެއް ހުރި ފިޔަވަޅުތަކެއް ކަމަށެވެ. އެ ޖަމިއްޔާއިން ދަނީ ހަނގުރާމަ ހުއްޓާލުމަށާއި ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ގޮވާލަމުންނެވެ.

ގާޒާގައި ހަމާސް ޖަމާޢަތާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ކުރަމުންދާ ގޮތާ މެދު ނުރުހި، ހުޅަނގުގެ ސަރުކާރުތަކަށް ދަނީ ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޕްރެޝަރު ބޮޑުވަމުންނެވެ.

ފޮރިން ސެކްރެޓަރީ ލެމީ ވިދާޅުވީ އެކްސްޕޯޓް ލައިސަންސްތައް މުރާޖަޢާ ކުރުމަކީ ސަރުކާރުގެ އަމިއްލަ ގާނޫނީ ވާޖިބެއް ކަމަށެވެ. އަދި މި ނިންމުމަކީ އިޒްރޭލުގެ ދިފާޢީ ޙައްޤުތަކަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy