ޖަރުމަނުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާނެ އެޖެންސީއެއް ހޯދަން އިޢުލާންކޮށްފި

ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މަސައްކަތް ކުރެވޭ

ރާއްޖޭގެ ޓޫރިޒަމް ބައިނަލްއަޤްވާމީ މާކެޓްގައި ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޖަރުމަނުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާނެ އެޖެންސީއެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

އެމްއެމްޕީއާރުސީން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. މި މަސައްކަތަށް ކުރިމަތިލާ އެޖެންސީތަކަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި މިފަދަ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ތަންތަން ކަމުގައި ވާންޖެހޭނެއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޓޫރިޒަމަށް ޖަރުމަނުގެ މީހުން އަހުލުވެރިކޮށް، އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ. މިއީ ބޭރު ގައުމުތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ އިޢުލާނެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރެއިން ޖަރުމަނު ވަނީ ފަސްވަނަ ގައެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހާ ހަމައަށް ޖަރުމަނުން 98،183 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy