އަތުހަރު
ހައްޔަރުކުރެވިފައި ހުއްޓައި ދަންޖެހިގެން މަރުވި އާދަމް އަތުހަރުގެ މައްސަލައިގައި މިނިވަން ތަޙުޤީޤެއް ހިންގުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
އަންހެނެއްގެ ކަރުގައި ވަޅިޖަހައި ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރެވުނު އަތުހަރު، ފުލުހުންގެ ބަންދުގައި ހުއްޓައި ދަންޖެހިގެން ހާލު ސީރިއަސްވެ، ފަރުވާދެމުންދަނިކޮށް މަރުވެފައިވާތީ، މި މައްސަލައިގައި އިންސާފުވެރި، މިނިވަން، ފުރިހަމަ އަދި ދެފުށް ފެންނަ ތަޙުޤީޤެއް ހިންގުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ގޮވާލާފައެވެ.
މި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަދި ފުލުހުންނަށްވެސް ތަޙުޤީޤު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ގޮވާލާފައެވެ.
އަތުހަރު ގޮޅީގައި ހުއްޓައި ދަންޖެހުނުކަން އެނގުނީ އޭގެ ބައި ގަޑިއިރެއްހާ އިރު ފަހުން ސީސީޓީވީ ކެމެރާއިން ފުލުހުންނަށް ފެނުނު ފަހުންނެވެ. އަދި ދަންޖެހަން ބޭނުންކުރީ ލައިގެން ހުރި ސޯޓުގެ ނާޑުވާއެއްކަން ފުލުހުން ރޭ މީޑިއާތަކަށް ދެއްކި ވީޑިއޯއިން އެނގުނެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި، އަތުހަރު ހައްޔަރުކުރި ގޮތާއި، މަރުވުމާ ހަމައަށް ހިނގި ހާދިސާތަކުގެ ތަޙުޤީޤު އަވަސްކޮށް، ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، ތަޙުޤީޤަށް ލިބިފައިވާ ހޯދުންތައް އާންމުކުރުމަށް ގޮވާލާފައިވެއެވެ. އަދި ކަސްޓޯޑިއަލް އަދި ޑިޓެންޝަން ސިސްޓަމްތަކުގެ އޮބްސައިޓް މެކޭނިޒަމްތައް ހަރުދަނާކުރުމަށްވެސް ގޮވާލާފައިވެއެވެ.
މީގެއިތުރުން، ހައި ޕްރެޝަރ ހާލަތްތައް މީހުންގެ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ ފުލުހުންގެ ތަމްރީން އިތުރުކުރުމަށާއި، ސުލްހަވެރި އަދި މީހުން އިސްލާހުކުރުމުގެ ވިސްނުމުގައި ޖިނާއީ އަދުލުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލާފައިވެއެވެ.
އަތުހަރު ހައްޔަރުކުރެވުނީ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރުމަށް އުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ޖެހިގެން އައި ހުކުރު ދުވަހުއެވެ. ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ބަހައްޓަން ހޮނިހިރު ދުވަހު އަމުރުކޮށްފައެވެ. އަމިއްލައަށް މަރުވާން މަސައްކަތްކުރީ އޭގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގެ ގޮޅީއެއްގައި ބަންދުކޮށްފައި ހުއްޓައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް