އަތުހަރު
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުރި އާދަމް އަތުހަރު، ދޫނިދޫ ގޮޅީގައި ދަންޖެހުމަށްފަހު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިއަދު ހަވީރު 4:08 ހާއިރު އަތުހަރު މަރުވެފައިވާ ކަމަށެވެ. އަތުހަރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށީ ދޫނިދޫ ގޮޅީގައި އަމިއްލައަށް މަރުވާން އުޅުމުން ކަމަށް ފުލުހުން ބުނެ އެވެ. އޭނާ އައިސީޔޫއަށް ބަދަލުކޮށްފައިވަނީ ރޭގަ އެވެ.
ދޫނިދޫގައި އަތުހަރު ދަންޖެހުނު ގޮތް ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި އިދާރާތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ހާމަކުރި މަޢުލޫމާތުގެ ތެރޭގައި، އަތުހަރު ދަންޖެހުނުކަން ފާހަގަކުރެވުނީ ރޭގަނޑު 7:02 ގައި ކަމަށާއި، އޭނާ ސްޓްރެޗާއަށް ލައިގެން ގޮޅިން ނެރުނީ ރޭގަނޑު 7:05 ގައި ކަމަށް ބުނެފައިވެ އެވެ. އަދި ދޫނިދޫ ކްލިނިކަށް ގެންދިޔައީ ރޭގަނޑު 7:06 ގައި ކަމަށާއި، ކުއްލި ހާލަތުގައި ލޯންޗުގައި މާލެ ގެންދިޔައީ ރޭގަނޑު 7:14 ގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އައިޖީއެމްއެޗްގެ އެމަޖެންސީއަށް އަތުހަރު ގެންދެވުނީ ރޭގަނޑު 7:25 ގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަތުހަރު ހައްޔަރުކުރެވުނީ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރަން އުޅުނު އިރު ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު، ޖެހިގެން އައި ހުކުރު ދުވަހުއެވެ. ހުކުރު ދުވަހު ހޮޑުލާތީ އާއި ފިޓު ޖެހިގެން އަނެއްކާވެސް ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮނިހިރު ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމުން އަލުން ފުލުހުންގެ ހައްޔަރަށް ގެންދެވުނެވެ.
ހަމަ އެ ދުވަހު ކޯޓުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ. އަމިއްލައަށް މަރުވާން މަސައްކަތްކުރީ އޭގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި، ދޫނިދޫގައި ގޮޅީގައި ބަންދުގައި ހުއްޓައެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް