ހަމާސްގެ ބަންދުގައި ތިބި ރަހީނުން މަރުވުމާ ގުޅިގެން އިޒްރޭލުގައި ބޮޑު މުޒާހަރާއެއް

އިސްރާޢިލުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން

ހަމާސްގެ ހަނގުރާމަވެރިން ރަހީނުކުރި މީހުންގެ ތެރެއިން ހަ މީހަކު މަރާލައި އެ މީހުންގެ ހަށިތައް ފެނުމާ ގުޅިގެން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލުގެ މައި ލޭބާ ޔޫނިއަނުން ގިނަ ބަޔަކު މަގުތަކަށް ނެރެ ބޮޑު ހަޅުތާލެއް ކޮށްފިއެވެ.

ގާޒާ ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު އެއް މުޒާހަރާ މިއީ ކަމަށް ބެލެވެއެވެ. މި މުޒާހަރާގައި، ރޭ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި އިޒްރޭލުގައި މިހާރު ރަހީނުކޮށްފައިވާ އިޒްރޭލުގެ މީހުން މިނިވަންކޮށް ވަގުތުން ގައުމަށް ގެނައުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަލަސްތީނުގެ ހަމާސް ޖަމާއަތާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ވެސް އެ މީހުން ވަނީ ގޮވާލައިފައެވެ.

ހަމާސް އިން ރަހީނުކޮށް މަރާލި މީހުންގެ އާއިލާތަކުން އެދިފައިވަނީ، އިޒްރޭލު ސަރުކާރަށް އިތުރު ޕްރެޝަރު ކުރުމަށް އިޒްރޭލުގެ ރައްޔިތުންގެ ކިބައިން އެދިފައެވެ. އާއިލާތަކުން ބުނެފައިވަނީ ރަހީނުކޮށް ހިފަހައްޓާފައިވާ މީހުން އެނބުރި ގައުމަށް ގެނެވެންދެން ރައްޔިތުން މަގުތަކަށް ނުކުމެ ގައުމު ބަންދު ކުރަން ޖެހޭ ކަމަށެވެ.

އިޒްރޭލުގެ އެންމެ ބޮޑު ޓްރޭޑް ޔޫނިއަން ފެޑެރޭޝަން، ހިސްޓަޑްރޫޓުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށް އާންމު ހަޅުތާލެއް ކުރުމަށް ގޮވާލައިފައެވެ. މީގެ ތެރޭގައި ބެން ގުރިއަން އެއާޕޯޓު ބަންދުކުރުމާއި، ބޭންކިން އަދި ސިއްހީ ހިދުމަތް މެދުކަނޑާލުން ހިމެނެއެވެ.

އިޒްރޭލުގެ މެނުފެކްޗާސް އެސޯސިއޭޝަނުން ބުނެފައިވަނީ އެ ހަޅުތާލަށް ތާއީދުކުރާ ކަމަށާއި ރަހީނުން އެނބުރި ގެނައުމަށް ސަރުކާރުން އަދާކުރަންޖެހޭ "އަހްލާގީ ވާޖިބު" އަދާނުކުރާ ކަމަށެވެ.

އިޒްރޭލުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޔައިރު ލަޕިޑް ވެސް ވަނީ ހަޅުތާލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ވަނީ ހަޅުތާލު ހުއްޓުވުމަށް ކޯޓަށް ހުށަހެޅުމަށް ބަންޑާރަނައިބުގެ ކިބައިން އެދިވަޑައިގެންފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ބާކީ ތިބި ރަހީނުން ސަލާމަތް ކުރެވޭނީ އެއްބަސްވުމަކުން ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy