މަސް ގަންނަ އަގު ދަށް ނުކޮށް ހިފެހެއްޓުމަށް މިފްކޯއިން މަސައްކަތްކުރަނީ

މަސްވެރިކަން ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެކަމަށް ބެލެވޭ

މިފްކޯއިން މަސް ގަންނަ އަގަށް ބަދަލު ނުގެންނަނީ ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އަދިވެސް ހެޔޮ ބަދަލެއް ނާންނާތީ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ކޮންމެ ހަފްތާއަކު މަސް ގަންނަ އަގު ކަނޑައަޅާ ގޮތަށް ނިންމި ނަމަވެސް، މިހާތަނަށް އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މިފްކޯއިން ބުނީ މިވަގުތު މަސައްކަތްކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށް ވުރެ ދަށް ނުވާ ގޮތަށް އަގު ހިފެހެއްޓުމަށް ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގެ އަގުތައް ބަލަން ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެންނަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށް ވެސް ބުންޏެވެ.

މި އަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %42 އިންސައްތަ  ދަށްވެފައިވާ ކަމަށް މިފްކޯއިން ފާހަގަކޮށްފައިވެއެވެ. މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްވެފައިވާއިރު، ގަނޑުކުރި ކަނޑުމަހުގެ ޝިޕްމެންޓުތަކުގެ އަގު ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނެފައިވެއެވެ.

މިފްކޯއިން އިތުރަށް ބުނީ މިހާރު ވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކުންފުންޏަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވާ ކަމަށެވެ. ސަރުކާރުގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިކަމާއި، މަސްވެރިކަން ހީނަރުވުމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯއަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައި ކަމަށް ވެސް ބުނެފައިވެއެވެ.

މިފްކޯއިން ބުނީ ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެ ނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މިފްކޯއަށާއި، ސިނާއަތަށް މި ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނަންދެން މަޑުކޮށްގެން ތިބުން ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މި އަހަރުގެ މި ހާލަތުގެ ސަބަބުން މަސްވެރިން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް ފަހުން ފައިސާ ދައްކާ ގޮތަށް އައިސް ދޫކުރުން ހިމެނެއެވެ. މިފްކޯއިން އިތުރަށް ބުނީ މި މައްސަލައާ ގުޅޭގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

2 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

58 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy