މަތިވެރި ދާއިރާ އަދިވެސް އެދެނީ ޒަރީރުގެ އިތުރު ދަޢުރަކަށް - ނަތީޖާ ނެރެދީފި!

މެމްބަރު ޒަރީރު

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރުގެ ގޮތުގައި މިހާރުވެސް ހުންނެވީ މެމްބަރު ޙަސަން ޒަރީރެވެ. ޒަރީރަކީ ދާއިރާގެ ރައްޔިތުންގެ ވިސްނުމާއި ފިކުރާއި އެއްގޮތަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމާމެދު ދާއިރާގެ އެއްވެސް މީހެއްގެ ހިތުގައި އެއްވެސް މިންވަރެއްގެ ޝައްކެއް ނުހިނގައެވެ.

 

ދާއިރާގައި ހިމެނޭ ރަށްތަކަށް ތަރައްޤީ ގެނައުމުގައި ޒަރީރު ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެ ދާއިރާގައި ހިމެނޭ ރަށްތަކުގެ ތެރެއިން ކުޑަ ރަށެއް ބޮޑުރަށެއް ބެލުމެއް ނެތި ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ކަންކަން ބަލައި އަސާސީ ހުރިހާ ޚިދުމަތްތަކެއް ވަނީ ފުރިހަމަކޮށްދެއްވާފައެވެ. 

ލާމަރުކަޒީ ނިޒާމުން އިދާރީ ހިންގުމަށް ބަދަލު ގެނެވިފައިވީނަމަވެސް ޒަރީރު ޤަބޫލުކުރައްވާ ގޮތުގައި އެކަން ތަންފީޒުވުމުގައި ދާއިރާތަކުގެ ކުރިމަތީގައި އަދިވެސް ބައެއް ހުރަސްތައް އެބަހުއްޓެވެ. ދާއިރާތައް ތަރައްޤީވެ ކުރިއަށްދިޔުމަށްޓަކައި ޤާނޫނުތައް އިޞްލާޙުކޮށް، އައު ޤާނޫނުތައް އުފަންކޮށްގެން މެނުވީ ދާއިރާގެ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ނުގެނެވޭނެކަމަށް ޒަރީރު ވިދާޅުވެއެވެ. އެގޮތުން މަތިވެރި ދާއިރާއަށް ބޭނުންޖެހިފައިހުރި ކަންކަމަށް ވަކާލާތުކޮށް ޤާނޫނުގެ ތެރެއިން ކަންކަން މަގުފަހިކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމާއި އެކަން މިއަދާ ހަމައަށް އައިއިރު ސާބިތުކަމާއެކު ކުރައްވާފައިވަނީ ޒަރީރެވެ.

 

އއ.އަތޮޅަކީ ފަތުރުވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް އަތޮޅެވެ. ރަށު ފަތުރުވެރިކަމުގައިވެސް އއ.އޮތީ ދިވެހިރާއްޖޭގެ އެންމެ ކުރީގައޭ ބުނުން ދޮގަކަށްނުވާނެއެވެ.

މަތިވެރީ ދާއިރާގެ މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ. މިއީ އެ ދާއިރާއަށް ނުހަނު މުޙިއްމު ޕްރޮޖެކްޓެކެވެ. އެކަން މިއަދު ވަނީ މި ސަރުކާރުން އިޢުލާންވެސް ކުރައްވާފައެވެ. ހަމައެކާއެކު ބިން ހިއްކާނަމަ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް އެ ބިން ބޭނުންކުރުން މުހިއްމެވެ.

ޒަރީރު އެދެނީ މަތިވެރި ދާއިރާ އިތުރަށް ތަރައްޤީވެގެން ދިއުމެވެ. އެ ވަކާލާތު ކޮށްދޭނޭ މީހަކީ އެއީއެވެ. އަދުގެ ސަރުކާރުގެ ފުރިހަމަ ތާޢީދު ޒަރީރަށް އޮތްއިރު މިއަދު މި ސަރުކާރު ގެނައުމަށް އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޒަރީރު ހިމެނިވަޑައިގަންނަވައެވެ. ސަރުކާރުގެ ތެރޭގައި ޒަރީރުގެ ގުޅުން ބޮޑު އެތައް ވަޒީރުންނެއް އެބަ ތިއްބެވިއެވެ. ހުރިހާ ފަންތިއެއްގެ ބޭފުޅުންވެސް ޒަރީރު ދަނެއެވެ. މިއީ ދާއިރާގެ ތަރައްޤީއަށް އޮތް ހެޔޮ ފާލެކެވެ.

 

މާތް ﷲ ގެ ރަޙްމަތްފުޅާއެކު މި އިންތިހާބު ޒަރީރު ކާމިޔާބު ކުރައްވާނީ ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތާއެކުއެވެ. 

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

21 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy