ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވި ފަރާތް އަލުން ބަންދުކޮށްފި

އެކްސިޑެންޓުވި ކާރު

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭ 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރެވުނު ކާރު ދުއްވި ފަރާތް، އިބްރާހިމް އިކްރާމް، ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ބަންދު ކޮށްފިއެވެ.

މި އެކްސިޑެންޓާއި ގުޅިގެން އިކްރާމް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެ އަމުރު ކުރީ އޭނާއަށް ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ކަމަށް ބުނެ ހައިކޯޓުން ވަނީ އެ އަމުރު ބާތިލް ކޮށްފައެވެ. އެއާއެކު އިކްރާމް މިނިވަންވެފައިވާއިރު، އެކަމާއި ގުޅިގެން ހޯމް މިނިސްޓަރު ޢަލީ އިޙްސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ހިނގިގޮތް ތަހުގީގުކޮށް އިހްމާލެއް ވެފައިވާ ނަމަ އެމީހަކަށް ނުވަތަ ބަޔަކަށް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން ބަންދު ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ފަހުން ކުރެއްވި ޕޯސްޓެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެކްސިޑެންޓަށްފަހު އިކްރާމާއި ކާރުގައި ތިބި އިތުރު ދެ މީހުން ވަނީ ފިލާފައެވެ. ނަމަވެސް އިކްރާމް އެރޭ ހައްޔަރުކުރެވުނެވެ. އަދި ކާރުގައި އިން އަނެއް މީހާ، އިކްރާމުއްރަޙްމާނާއި ޖިނާޙް އިސްމާޢީލް ވެސް ވަނީ ފަހުން ހައްޔަރުކޮށްފައެވެ.

އާއްމުވެފައިވާ ފޮޓޯތަކަށް ބަލާއި އެކްސިޑެންޓްވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

58 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy