ބިދޭސީންނާ ގުޅޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމުހޫރިއްޔާ ތަސްދީގު ކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ވަޒީފާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.

މި އިސްލާހުގެ ދަށުން، އެއް ގައުމަކުން ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް 100،000 މީހުންގެ އަދަދު އުވާލައި، ބިދޭސީން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއިން ވަޒީފާ ދޭ ފަރާތް ޖޫރިމަނާ ކުރެވޭނެ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު ރައީސް ތަސްދީގު ކުރެއްވުމާ އެކު، މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ. އަދި މިއިއްޔެއިން ފެށިގެން މި އިސްލާހުތަކަށް އަމަލުކުރަން ފަށައިފި އެވެ.

މި ބިލުގައިވާ އެންމެ ބޮޑު އެއް ބަދަލަކީ، ގާނޫނުގައި އޮތް ބިދޭސީން ރާއްޖެ އެތެރެ ކުރެވޭ ކޯޓާ އުވާލުމެވެ. ކުރިން އެއް ގައުމަކުން ބިދޭސީން ގެނެވޭނެ އަދަދު ސީދާ ގާނޫނުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އާ އިސްލާހުގެ ދަށުން އެ އަދަދު ކަނޑައަޅާނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުންނެވެ.

ކޮމިޓީ މަރުހަލާގައި ބިލަށް ގެނެވުނު ބަދަލުތަކާ އެކު، ބިދޭސީން ގެނެވޭނެ އަދަދުތައް ގަވާއިދުގައި ކަނޑައެޅުމަކީ މިހާރު ކުރަންޖެހޭ ކަމެކެވެ. އަދި މި އަދަދުތައް ކޮންމެ އަހަރަކު ދެ ފަހަރު އާންމުކުރަންވާނެ އެވެ. މި ގަވާއިދު އެކުލަވާލުމުގެ ޒިންމާ އޮތީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށެވެ. އަދި އަންނަ 1 ޑިސެމްބަރުގެ ކުރިން މި ގަވާއިދުތައް އެކުލަވާލަންޖެހޭނެ އެވެ.

މި އިސްލާހުގެ އަނެއް މުހިންމު ބަދަލަކީ ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ބާރު ދިނުމެވެ. އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމާއި، ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމާއި، ތަކުރާރުކޮށް އިހުމާލުވާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލުން ހިމެނެއެވެ.

އިހުމާލުގެ އަމަލުތަކުގެ ތެރޭގައި މުސާރަ ނުދިނުމާއި، ގާނޫނީ އަސާސީ ޙައްޤުތައް ނުދިނުމާއި، އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީންގެ ފީތައް ކޮންމެ ދޮޅު އަހަރަކުން ބޮޑުކުރެވޭ ގޮތަށްވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

7 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy