އާ ކޯޗާއިއެކު ލިވަޕޫލުން ޔުނައިޓެޑް ވެސް ބަލިކޮށްފި

ލަނޑުޖެހުމަށްފަހު އުފާ ފާޅޫކުރުން

މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑު، އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުގެ އާކޯޗު ސްލޮޓް އާއި އެކު ނިކުމެ ވަރުގަދަ މެންޗެސްޓަރ ޔުނައިޓެޑް 3-0 އިން ބަލިކޮށްފިއެވެ.

ފުރަތަމަ ހާފުގައި ލުއިސް ޑިއާޒް ޖެހި ދެ ލަނޑަށްފަހު، ދެވަނަ ހާފުގައި ސަލާހު ވަނީ ތިންވަނަ ލަނޑު ޖަހައިފައެވެ. މިއީ ޑޮމިނިކް ސޮބޯސްލާއި ދިން ބޯޅައަކުން ސަލާހު ޖެހި ގޯލެކެވެ. އިތުރު ގޯލުތަކެއް ޖަހަން ސަލާހު އާއި ސޮބޯސްލާއި އަށް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ޔުނައިޓެޑަށް ލަނޑެއް ޖަހައިދޭން ޖޯޝުއާ ޒާކްޒީ ފޮނުވާލި ދެ ބޯޅަ ވެސް ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ އޭނާގެ ޓީމަށް ވުރެ ރަނގަޅަށް މި މެޗުގައި ޖުމްލަކޮށް ލިވަޕޫލުން ކުރި މަސައްކަތް ރަނގަޅުކަމަށާއި މޮޅެއް ހައްގުވަނީ ވެސް ލިވަޕޫލަށް ކަމަށެވެ. ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ޔުނައިޓެޑް މި ވަނީ ބަލިވެފައެވެ.

ސްލޮޓް މި ވަނީ ލިވަޕޫލާ ހަވާލުވުމަށް ފަހު، ފުރަތަމަ މެޗުގައި ޔުނައިޓެޑް އަތުން މޮޅުވެ، މި ގަރުނުގައި އެކަން ހާސިލްކުރި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދައިފައެވެ. އެންމެ ފަހުން އެކަން ހާސިލްކުރީ، 1975 ވަނަ އަހަރު ލިވަޕޫލަށް ކޯޗުކޮށްދިން ބޮބް ޕޭސްލީ އެވެ.

މިރޭ ކުޅުނު އެހެން މެޗުތަކުގައި ޗެލްސީން އަމިއްލަ ދަނޑުގައި 1-1 އިން ކްރިސްޓަލް ޕެލަސްއާ އެއްވަރުވިއެވެ. އަދި ނިއުކާސަލް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy