އާދަމް އަތުހަރު
އަންހެނަކު ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުރި އާދަމް އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފިއެވެ.
ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަތުހަރު އަމިއްލައަށް މަރުވެފައިވާ ކަމަށް އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް، ފުލުހުންގެ ފަރާތުން އެކަން ދޮގުކޮށްފިއެވެ. ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ އަތުހަރު އަމިއްލައަށް މަރުވާން އުޅުމުން ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.
"މިވަގުތު ޑޮކްޓަރުން ބުނަނީ އޭނާ އަދިވެސް ދިރިހުރި ކަމަށް،" ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ޝިފާން ވިދާޅުވިއެވެ.
އަތުހަރު މަރުވާން މަސައްކަތް ކުރީ ކިހިނެއްކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ޖެހިގެން އައި ހުކުރު ދުވަހުގައެވެ.
ހޮޑުލާތީ އަލުން ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް، އިއްޔެގެ ވަގުތެއްގައި އޭނާ ދޫކޮށްލުމުން، އަނެއްކާ ވެސް ފުލުހުންގެ ހައްޔަރަށް އަތުހަރު ގެންދިޔައެވެ. އަދި އިއްޔެ ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އަތުހަރަކީ 2022 ވަނަ އަހަރު ކުރީގެ ސަރުކާރުގައި ރައީސަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން އަދަބު ލުއިކޮށް، މިނިވަންކޮށްފައިވާ މީހެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް