ސަރުކާރުގެ ގިނަ ކުންފުނިތަކެއް އެއްކޮށްލުމަށް ނިންމައިފި

އެމްއޭސީއެލް ގެ ދަށަށް އެއާޕޯޓްތައް ގެންދަނީ

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރު ގިނަ ކުންފުނިތަކެއް އެއްކޮށްލުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.

މިގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އެއްކޮށްލުމަށް ވަނީ ނިންމާފައެވެ.

މިކަން އިޢުލާނުކުރެއްވީ، ސަރުކާރުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އޭނާ ވިދާޅުވީ 31 ޖެނުއަރީ 2025 ގެ ނިޔަލަށް އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް ނިންމުމަށް ވަނީ ނިންމާފައެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ މި އެއްކޮށްލުމުގެ ސަބަބުން ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށާއި ދެ ކުންފުންޏަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅިއެކު އަށް އެއާޕޯޓު އެއްކޮށްލެވިގެން ދާނެ ކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އިތުރު ކުންފުނިތަކެއް ވެސް އެއްކޮށްލުމަށް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އެއްކޮށްލުމާއި، ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ ދަށަށް ބަދަލުކުރުން ހިމެނެއެވެ.

މިހާރު އެމްއޭސީއެލް އިން ބަލަހައްޓަމުންދަނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ އެއާޕޯޓެއް ހިންގަމުން ގެންދަނީ އާރުއޭސީއެލް އިންނެވެ. މި ދެ ކުންފުނި އެއްކޮށްލުމުން ރާއްޖޭގެ ހުރިހާ އެއާޕޯޓެއް އެއް ކުންފުންޏެއްގެ ދަށުން ހިންގުމަށް މަގުފަހިވެގެންދާނެއެވެ.

މި ބަދަލުތަކަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެކެވެ. މިފަދަ އިސްލާހުތަކުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ޚަރަދުތައް ކުޑަވެ، އަދި ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

23 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy