ބޭސްގެ ވަރުގަދަ އިސްނެގުމެއް - 11 ދާއިރާއަކުން ހޮޅުފަހި އެވޯޑް ދެނީ!

ހޮޅުފަހި އެވޯޑް

ހޮޅުދޫގެ މަދަނީ ޖަމްޢިއްޔާއެއްކަމަށްވާ، ބެޓަރ އެންވައަރަންމަންޓް ފޯރ ޔޫތްސޮސައިޓީ (ބޭސް) އިން އިސްނަގައިގެން “ހޮޅުފަހި އެވޯޑް” ގެ ނަމުގައި 11 ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމައިފިއެވެ.

އެގޮތުން، ސިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، އިމާރާތް ކުރުމުގެ ދާއިރާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ ދާއިރާ، މަސްވެެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، މަސައްކަތްތެރިކަމާއި ފަންނުވެެރިކަމުގެ ދާއިރާ، އިޖްތިމާޢީ މަސައްކަތާއި، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާ އިން މި އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ.

IMG_1153.jpeg

ހޮޅުދޫ ކައުންސިލާ ގުޅިގެން ބާއްވާ އެ ވޯޑު ދިނުމުގެ ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

ހޮޅުފަހި އެވޯޑަކީ މުޖްތަމަޢަށް އެކި ދާއިރާތަކުން ފަރުދުން ކުރާ މަސައްކަތާއި ،ގައުމީ ތަރައްޤީއަށާއި ، ޚާއްސަކޮށް ރަށު ތަރއްޤީއަށާއ،ި މުޖްތަމަޢު ބިނާ ކުރުމަށް ފަރުދުން އަދާކުރާ ދައުރުގެ އަގު ރަށު ފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއ،ި މުވައްސަސާތަކާއ،ި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ވަރަށް ޚާއްޞަ އެވޯޑެކެވެ.

މީގެ އިތުރުން، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި ފަރުދީ ފެންވަރުގައި ބައިވެރިވުން އިތުރުކުރުމާއި، އާންމު ފަރުދުން ކުރާ މަސައްކަތާއި ، ހާސިލުކޮށްފައިވާ ކާމިޔާބީތަށް ފާހަގަކޮށް އަގުވަޒަން ކުރުމާއި، ރަށަށް ހިދުމަތް ކުރުމަށް މީހުންގެ ޝައުގު އިތުރު ކުރުމަކީވެސް މި އެވޯޑު ތަޢާރަފް ކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދެވެ. ހަމައެހެންމެ، ޒުވާނުންގެ މެދުގައި އިސްނެގުމުގެ އާދަ ހަރުލައްވައި ، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޫޙު އުފެއްދުމަކީވެސް މި އެ ވޯޑުން ޙާޞިލްކުރަން ބޭނުންވާ އެއް ޢަމާޒެވެ.

ހޮޅުފަހި އެވޯޑް ކޮމެޓީ :

އަލްފާޞިލް އިސްމާޢިލް ޙަލީލް / ރެޑިއަމްވިލާ (ބެޓަރ އެންވައަރަންމެންޓް ފޯރ ޔޫތް ސޮސައިޓީ ތަމްސީލުކުރާ މެމްބަރު ).

އަލްފާޞިލް މުޙައްމަދު ޢަލީ / ބަހާރުގެ (ނ. ހޮޅުދޫ ކައުންސިލް އިދާރާ ތަމްސީލް ކުރާ މެމްބަރ ).

އަލްފާޞިލް މުޙައްމަދު އަފްރާޙް / އާހިޔާ (ނ.ހޮޅުދޫ ހެލްތް ސެންޓަރ ތަމްސީލްކުރާ މެމްބަރ ) .

އަލްފާޞިލާ އައިޝަތު ވަހީދާ / އިރުދޭމާގެ (މޭނާ ސްކޫލް ތަމްސީލްކުރާ މެމްބަރ ) .

އަލްފާޞިލާ އައިޝަތު ސިޒްލީން /ރެސްޓްޕޮއިންޓް (ނ.ހޮޅުދޫ ޑަބްލިއު.ޑީ.ސީ ތަމްސީލުކުރާ މެމްބަރ ) .

އަލްފާޞިލް އަބްދުﷲ ކާމިލް / ސާދާގެ (އާންމު މެމްބަރ )

ހޮޅުފަހި އެވޯޑުގެ ގޯލްޑް ސްޕޮންސަރަކީ ނ.ހޮޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެވެ. ކޯ ސްޕޮންސަރަކީ އީ-ބުޓިކޯއެވެ. އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ ޗެޓް މާރކް އިންޓީރިއާސްއެވެ. ޓެރެވެލް ޕާރޓްނަރަކީ ލެޖިއަން ޓްރެވެލްސް އެވެ. އޮންލައިން މީޑީޔާ ޕާޓްނަރަކީ ދެލި އެމްވީއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

59 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy