ސްކޭމް ކޯލްތަކަށް ސަމާލުވުމަށް ސްޓެލްކޯއިން އެދިލައްވާ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ނަމުގައި ފޭކް ކޯލްތަކެއް އެކުންފުނީގެ ކަސްޓަމަރުންނަށް ލިބެމުންދާކަން ފާހަގަވެފައިވާތީ އެކަމަސް ސަމާލުވުމަށް އެކުންފުނިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސްޓެލްކޯގެ ނަމުގައި ފޭކު ކޯލްތަކެއް ކުރަމުންދާކަމަށާއި ކަސްޓަމަރުން މިކަމަށް ސަމާލުވާންޖެހޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ސްޓެލްކޯގެ ނަމުގައި ގުޅާ ފަރާތްތަކުން ކުންފުނީގެ ނަމުގައި ދޮގު މަޢުލޫމާތުތަކެއް ދީގެން ކަސްޓަމަރުންގެ ޒާތީ، އަމިއްލަ މަޢުލޫމާތު ހޯދުމަށް އުޅެފާނެކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ، ސްޓެލްކޯއިން އެއްވެސް ކަސްޓަމަރަކަށް ފޯނުން ގުޅައި، ޒާތީ މަޢުލޫމާތާއި ބޭންކް އެކައުންޓް އަދި ކާޑުގެ މަޢުލޫމާތު ނުހޯދާނެކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގުޅައި ސްޓެލްކޯގެ ނަމުގައި މިފަދަ މަޢުލޫމާތު ހޯދުމަށް އެދެފިނަމަ އެމަޢުލޫމާތުތައް ނުދިނުމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، ސްޓެލްކޯއާއި ކަސްޓަމަރުންނާއި ދެމެދު ކުރެވޭ މުޢާމަލާތްތައް ކުންފުނިން ކުރިންވެސް ކަނޑައަޅާފައިވާ ރަސްމީ ފޯނު ނަންބަރުތަކާއި އީމެއިލް މެދުވެރިކޮށް ކުރެއްވުމަށްވެސް ފަހުމީ އެދިލެއްވިއެވެ.
ފަހަކަށް އައިސް ރާއްޖޭގައި އެކި ފަރާތްތަކުގެ ނަމުގައި ސްކޭމް ކޯލްތައް ކޮށް، އެކި ފަރާތްތަކުގެ ބެންކް އެކައުންޓްތަކުން ފައިސާ ފޭރުމުގެ ޢަމަލުތައް ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ އެންޓި ސްކޭމް ސެންޓަރެއްވެސް އުފައްދާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް