ތޫފާން ޝަންޝަންގެ ސަބަބުން ޖަޕާނުގައި 6 މީހުން މަރުވެ 100 އަށް ވުރެ ގިނަމީހުންނަށް އަނިޔާވެއްޖެ

ތޫފާނުގެ ސަބަބުން ޖަޕާނަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައި

ފާއިތުވި އެތައް އަހަރަކަށްފަހު ޖަޕާނަށް ކުރިމަތިވި އެންމެ ވަރުގަދަ ތޫފާންތަކުގެ ތެރެއިން އެއް ތޫފާންކަމަށްވާ ޝަންޝަންގެ ސަބަބުން، މިހާތަނަށް 6 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާކަން ޖަޕާނުގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޖަޕާނުގެ ދެކުނު-ހުޅަނގު ސަރަޙައްދަށް އެރި ތޫފާން ޝަންޝަންގެ ވައިގެ ބާރުމިން އެންމެ މަތީގައި ހުރީ ގަޑިއަކު 252 ކިލޯމީޓަރުގައެވެ. ނަމަވެސް މިހާރު ޓްރޮޕިކަލް ސްޓޯމަކަށް ބަދަލުވެފައިވާ ޝަންޝަންގެ ވައިގެ ބާރުމިން ގަޑިއަކު 90 ކިލޯމީޓަރުގައި ހިފެހެއްޓިފައިވެއެވެ.

ތޫފާން އައުމުގެ ކުރިން ޖަޕާނުގެ ދެކުނު ސަރަޙައްދުގެ މިލިއަނުން ގުނާލެވޭ އާބާދީއަށް އެންމެ މަތީ ފެންވަރުގެ އިންޒާރު ދެވުނެވެ. ތޫފާން އެރުމަށްފަހު އޭގެ ބާރު ކުޑަވެފައިވީ ނަމަވެސް، އަދިވެސް އުތުރު-އިރުމަތި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބައެއް ސަރަޙައްދުތަކަށް 300 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ބިންގަނޑު ކަނޑައިގެން ދިއުމާއި، ފެންބޮޑުވުމާއި، އަދި ބޮޑެތި ގެއްލުންތަކަށް ރައްޔިތުން ސަމާލުވުމަށް އިންޒާރު ދީފައިވެއެވެ.

ތޫފާނުގެ ސަބަބުން އެތައް ޢިމާރާތްތަކެއް ހަލާކުވެ، ގަސްތައް ވެއްޓި، އަދި ކާރުތައް ފުރޮޅިގެން ގޮސް ނުވަތަ ފެނުގެ ތެރެއަށް ގެނބިފައިވާ މަންޒަރު ފެނެއެވެ. މީގެ އިތުރުން އެތައް ހާސް ގޭބިސީއެއްގެ ކަރަންޓު ކެނޑި، ޓްރޭނާއި މަތިންދާބޯޓުގެ ދަތުރުތައް ހުއްޓާލަން ޖެހިފައިވެއެވެ. ޓޯކިޔޯއާއި އޮސާކާ ދެމެދު ދުއްވާ ބުލެޓް ރެއިލްގެ ޚިދުމަތްތައްވެސް ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ރައްޔިތެއް ބުނެފައިވަނީ "މިއީ މުޅި ޖަޕާނަށް އަސަރުކުރާ ފަދަ ބާރުގަދަ ތޫފާނެއް، މިފަދަ ތޫފާނެއް އަހަރެން ދުށް މިއީ ފުރަތަމަ ފަހަރު" ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ "ތޫފާންތައް އާންމުކޮށް އަންނަނީ އޮކިނާވާއިން އުތުރަށް. އެހެންވީމާ މިކަހަލަ ގޮތަކަށް ވާނެ ކަމަކަށް އުންމީދެއް ނުކުރަން. ވަރަށް ބޮޑަށް ހައިރާންވެއްޖެ" ކަމަށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ސަރަޙައްދުގައި އުފެދޭ ތޫފާންތައް އެއްގަމާ ކައިރިވަމުންދާއިރު، އަދި އެއްގަމުގައި ދެމިހުންނަ މުއްދަތު ދިގުވަމުންދާ ކަމަށް ދިރާސާތަކުން ދައްކައެވެ. މިކަމުގެ ސަބަބުން މުސްތަޤުބަލުގައި މިފަދަ ނުރައްކާތެރި ތޫފާންތައް އިތުރުވެ، އޭގެ ނޭދެވޭ އަސަރުތައް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

25 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy