ލެވަކޫސަންއަކީ މިދިޔަ އަހަރު ޖަރުމަނުގެ އެންމެ ކާމިޔާބު ޓީމް
ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނުން 35 މެޗަށް ފަހު ލީގުގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.
ރޭ ކުޅުނު މެޗުގައި ލެވަކޫސަން ވަނީ އާރްބީ ލައިޕްޒިގު އަތުން 3-2 އިން ބަލިވެފައެވެ.
ލެވަކޫސަނުން އެ ކްލަބްގެ 120 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދީ މިދިޔަ ސީޒަނުގައެވެ. އެއީ މެޗަކުން ބަލިނުވެއެވެ. އަދި ޖަރުމަނު ކަޕާއި ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފައިވެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރޭ މެޗުގައި ލެވަކޫސަނުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެއެވެ. ނަމަވެސް ދެވަނަ ހާފުގައި ލައިޕްޒިގުން ޖެހި ތިން ގޯލާއެކު މެޗު ނިމުނީ ލައިޕްޒިގުގެ ކާމިޔާބީއާ އެކުގައެވެ.
މިއީ މިދިޔަ އަހަރުގެ މެއި މަހުގެ ފަހުން، ލެވަކޫސަން ޖަރުމަނު ފުޓްބޯޅައިގެ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ޖަރުމަނުގެ ފުޓްބޯޅަ މުބާރާތެއްގެ މެޗަކުން ލެވަކޫސަން މި ބަލިވީ 43 މެޗަށް ފަހުއެވެ.
މި ފަހަރުގެ ސީޒަންގެ ތިން ވަނަ މެޗުން ލެވަކޫސަން މި ވަނީ ބައްޔަކާ ކުރިމަތިލާން ޖެހިފައެވެ. މިދިޔަ ސީޒަނުގައި، ލެވަކޫސަން ބަލިވި ހަމައެކަނި މެޗަކީ ޔޫރޮޕާ ލީގުގެ ފައިނަލުގައި އެޓަލަންޓާ އަތުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް