ޒުވާން ޚަތީބުންގެ ދެވަނަ ބެޗުގެ 209 ބައިވެރިއަކަށް ސެޓްފިކެޓް ހަވާލުކޮށްފި

ސެޓްފިކެޓް ހަވާލުކުރުމުގެ ތެރެއިން / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ހިންގާ ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ބެޗު ނިންމާލުމުގެ ގޮތުން 209 ބައިވެރިންނަށް މިއަދު ސެޓްފިކެޓް ދީފިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ޚަތީބުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފް، ފަތުވާ މަޖިލީހުގެ މެމްބަރު އިލްޔާސް ހުސެއިން އަދި ސްޓޭޓް މިނިސްޓަރު ޑރ. މޫސާ އަންވަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 300 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެ ނިންމާފައިވާ ކަމަށެވެ. އަދި މިއީ މުޖުތަމައަށް ވަރަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ޚަތީބުން ތަމްރީނު ކުރުން ކަމަށާއި، އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި ވަރަށް އަވަހަށް މި ޕްރޮގްރާމުގެ ތިންވަނަ ބެޗު ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުން ފަދަ ދީނީ އެހެނިހެން ތަމްރީނުތައްވެސް ދެވެއެވެ. ސްކޫލު ނިންމާފައިވާ ޒުވާނުންނާއި ގްރޭޑް 10 އިން ފެށިގެން މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ދީނީ ޢިލްމުވެރިން އިތުރުކޮށް، ޒުވާނުން ދީނީ ދާއިރާއަށް އަހުލުވެރިކުރުވުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކަށް ބޭނުންވާ ޤާބިލު ޚަތީބުންނާއި އިމާމުން އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފެތުރި، ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy