ލިޔުނީ: މަރިޔަމް މޫސާ
މީހުންނަކީ ވާހަކަ ހަދާ ބައެއް، އެދުވަހު އަހަރެން ކާއިނާ އަށް އެހީވީ އެ ވަގުތު އަހަރެންގެ އެހީތެރިކަން ބޭނުން ވެފަވާތީ، އެއީ ދެން މީހުން ވާހަކަ ހަދާގެން ދައްކަން ޖެހޭ ވަރުގެ ވާހަކަ އެއް ވެސް ނޫން."ވިދާދު ހަމަޖެހި ލަމުން ބުންޏެވެ.
"އެކަމަކު ވެސް، މުޖުތަމައު ތެރޭގަދޯ މިއުޅެން ޖެހެނީ."ކާއިނާތު ބުންޏެވެ.
"ވިދާދު ތިއީ ކާކު ކަމެއް ވެސް އަހަރެން ނަކަށް ނޭނގޭ، އެހުރިހާ ކަމެއް ކޮށްދިން އިރުވެސް ނަން ވެސް އަހަރެން ނަކަށް ނޭނގޭ، އަދިވެސް ތިއީ ކާކު ކަމެއް ނޭނގޭ."ކާއިނާތު ވިދާދަށް ބަލާލަމުން ބުންޏެވެ.
"ރަނގަޅު ވާނީ ވެސް ނޭނގުނިއްޔާ، ގުޅުމަކީ ކޮބާކަން އެނގެން ޖެހޭ މީހުން ވެސް ތިބީ ދުރުގަ ބަލަން، ދައްކާ ވާހަކަ އަށް ޖަޖުކުރަން."ވިދާދު ކާއިނާތުގެ މޫނަށް ބަލާލަމުން ބުންޏެވެ.
ކާއިނާތު ވިދާދުގެ ލޮލާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އެވަގުތު ވިދާދު ކާއިނާތުގެ އަނގަމަތީގައި ފަޅައިގެން ގޮސްފައިވާ ތަނުގައި ފިރުމާލިއެވެ. ކާއިނާތު އަވަސް އަވަހަށް އިސްޖަހާލަމުން ވިދާދު އާއި ދުރަށް ޖެހިލިއެވެ. ކާއިނާތުގެ ހިތް ބާރަށް ތެޅި ގަނެގެން ދިޔައެވެ. ދެ ފަޔަށް ބާރު ލައިފައި އެއްގަމާއި ދިމާއަށް ދުއްވައިގަތެވެ. ތަންކޮޅެއް ދުރުގައި ހުރި ކާނި ގަހެއްގައި އެލުވާލާފައި ހުރި އުނދޯއްޔެއްގައި ފިރާޒް އޮށޯވެގެން މަންޒަރު ބަލަން އޮތެވެ. ޖެހިގެން ހުރި އުނދޯލީގައި ކާއިނާތުގެ ތިމާގެ ކުއްޖެއް ކަމަށްވާ ނުހާ އޮތެވެ. ކާއިނާތު އެމީހުންނާ އަރާ ހަމަވެފައި ނުހާ އަށް ބަލާލިއެވެ. އަދި ދުވެފައި އެއްވެސް އެއްޗެއް ނުބުނެ ގެއާއި ދިމާއަށް ދިޔައެވެ.
ވިދާދު ވެލިގަނޑު މަތީގައި އިށީނެވެ. ވިދާދުގެ އެހަރަކާތުން އަނެއްކާ ވެސް ކާއިނާތު އޭނަޔާ ދުރަށް ދިޔައީއެވެ. ވިދާދުގެ ހިތަށް މިވަނީ ކިހިނެއް ހެއްޔެވެ. ކެއްމަދު ވެފައިވާ މީހެއްހެން ކާއިނާތަށް ބޭނުން އެވަނީ ކީއްވެގެން ހެއްޔެވެ.
ތުލުސްދޫ އަށް ފިރާޒް ވިދާދު ގެނައީ ކާއިނާތު އެރަށުގައި އުޅޭތީ ކަމެއް ވިދާދު އަކަށް ނޭނގެއެވެ. ނުހާ އާއި ފިރާޒް ރައްޓެހި ވެގެން އުޅޭތާ މިވީ 2 މަސް ދުވަހެވެ. ނުހާ އާއި ވީޑިޔޯ ކޯލް ކޮށްގެން އުޅެނިކޮށް ފިރާޒަށް ކާއިނާތު ފެނުނީއެވެ. ދުރު ދުރުން ފިރާޒް ކާއިނާތުގެ މައުލޫމާތު ހޯދީއެވެ. ނުހާ އާއި ކާއިނާތު އެއީ ދެބެންގެ ދެދަރިިންކަން އެނގުނީ އެރޭ ނުހާ ބުނުމުން ނެވެ. އެކަމަކު ނުހާ އާއި ކާއިނާތަކީ ތިމާގެ ވަރަށް ވުރެން ބޮޑަށް އެކުވެރިން ކަމުގައި ބުންޏެވެ. ފިރާޒް ވިދާދަށް އެކަން ނާންގާ އެރަށައް ގެނައީ އެވެ.
"ތެންކިއު."ވިދާދު ފިރާޒަށް ޝުކުރު އަދާކުރިއެވެ.
"ތެންކިއު އަކުން ނުނިމޭނެ، ކާއިނާ މާލެ ގެންދެވޭތޯ އުޅޭ، ނުހާ ބުނީ އިރުފާން ކާއިނާ އަށް ވަރަށް އަނިޔާ ކުރިކަމަށް." މަޑުމަޑުން ފިރާޒް ބުންޏެވެ. ވިދާދު ފިރާޒަށް ބަލާލިއެވެ.
"އަނިޔާއޭ، ތިބުނީ؟"ވިދާދު ޙައިރާން ވެފައި އަހާލިއެވެ.
"އާން، އިއްތިފާގުން ނުހާ އަށް އެގެޔަށް ދެވުނީ، އިރުފާންގެ އަތްދަށުން ކާއިނާ ސަލާމަތް ވެފައި އެހެރީ ކިރިޔާ، އެހެންވެ އެ ދުވަހު ނުހާ ތުލުސްދޫ އަށް އައީ ކާއިނާ ގޮވައިގެން، އޭނަގެ ފޯނު ހަލާކުވީކީ ނޫން އިރުފާން ހަލާކު ކޮށްލީ."ފިރާޒް ވިދާދަށް ކިޔާދިނެވެ.
ވިދާދަށް ދެއަތް މުއްކަވާ ލެވުނެވެ. ރުޅި އައިސްގެން ކުރެވޭނެ އިތުރުކަމެއް ނެތް ކަމަށް ފިރާޒް ބުންޏެވެ. ވިދާދު ކާއިނާތު ދެކެ ވަނީ ހަގީގީ ލޯބި ކަމަން ވަންޏާ އަވަހަށް ވިދާދުގެ މީހަކަށް ކާއިނާތު ހެދުމަށް ބުންޏެވެ.
************************
ބޭރުން އައިގޮތަށް އަދިވެސް ކާއިނާތު ކޮޓަރިން ބޭރަކަށް ނުނިކުމެވެ. ނުހާ އެތައް ފަހަރަކު ވަދެ ކޮޓަރިން ނެރެވޭތޯ އުޅުނެވެ. ގޭތެރެ ހަމަހިމޭން ވެ އަޑު ބަޑު މަޑު ވުމުން ކާއިނާތުފެންވަރައި ރީތިވެގެން ކޮޓަރިން ބޭރަށް ނިކުތެވެ. އޭރު ނުހާގެ މަންމަ ސީމާ މޭޒުމަތީގައި ހުރި ތަށިތައް ނަގަމުން ދިޔައެވެ. ކާއިނާތު ފެނުމުން ސީމާ ހިނިތުން ވެލަމުން ކާން އިށީނުމަށް ބުންޏެވެ. މިވަގުތު ނުކާނޭ ކަމަށް ބުނެ ސީމާ އަށް ތަށިތައް ނެގުމުގައި އެހީތެރި ވާން ފެށިއެވެ.
"ފަޅާއިގެން ގޮސްފަ ތިހިރަ ތަނުގަ އެއްވެސް ބޭހެއް އުގުޅާފިންތަ؟"ސީމާ ސުވާލު ކޮށްލިއެވެ.
ކާއިނާތު އެސުވާލަށް އެއްވެސް ޖަވާބެއް ނުދީ ތަށިތައް ހިފައިގެން ބަދިގެ އާއި ދިމާ އަށް ދިޔައެވެ. އެ ގެ އަކީ އަދިވެސް ކުރީ ޒަމާނު ގޮތަށް ހަދާފައިވާ ގެ އެއް ކަމުން ގޭގެ ބަދިގެ ހުރީ ގެއާއި ދުރުގައި އަޅާފައެވެ. ކާއިނާތު ތަށިތައް ހިފައިގެން ގޮސް ބަދިގެޔަށް ވަނެވެ. އޭރު ބަދިގެތެރޭގައި ނުހާ އާއި ފިރާޒް ބާބަކިއު އަށް ތައްޔާރު ކުރަމުން ދިޔައެެވެ. ކާއިނާތު ސިންކު ތެރޭގައިތަށިތައް ބެހެެއްޓުމަށް ފަހު ދޮންނަން ފެށިއެވެ. ސީމާ ބާކީ ހުރި ތަށިތައް ހިފައިގެން އައެވެ.
"މިހާރު ހަމަ ބާބަކިއު ހަދަނީތަ؟" ތަށިތައް ކާއިނާތު ކައިރީގައި ބަހައްޓަމުން ސީމާސުވާލު ކޮށްލިއެވެ.
"އާން، ފިރާޒް ބޭނުންވަނީ ބާބަކިއު އެއް ތައްޔާރު ކުރަން."ނުހާ ހިނިތުން ވެލަމުން ބުންޏެވެ.
"ތިޔަވުރެން މާފަސޭހަވީ ހެއްނު ބާބަކިއު ސަރަހައްދަށް ގޮސް ތައްޔާރު ކޮށްލިނަމަ." ސީމާ ބުންޏެވެ.
"އޭރުން މަޖަލެއް ނުވާނެ. އެހެން ނޫނަސް ވިދާދު ރަށު ތެރެއަށް ނިކުމެ އުޅޭކަށް ނުވާނެދޯ."ނުހާ އަށް ބުނެވުނެވެ.
ކާއިނާތު ނުހާ އަށް ބަލާލިއެވެ. ސީމާ ހިނިތުން ވެލިއެވެ. ފިރާޒް ވެސް ނުހާ އަށް ބަލާލަމުން ލޮލުގެ އިޝާރާތުން އިތުރަށް އެއްޗެއް ނުބުނުމަށް އެންގިއެވެ. ސީމާ އެތަނުން ނިކުމެގެން ދިޔައެވެ.
"ކާއިނާ އާއި ފިރާޒް އުޅެނީ އެއް އޮފީހެގަދޯ."ނުހާ ކާއިނާތު ކުރެން އަހާލިއެވެ. ކާއިނާތު ފިރާޒަށް ބަލާލަމުން ބޯޖަހާލިއެވެ.
"އާން އެއް އޮފީހެއްގަ. އަހަރެން އެކައުޓު ޑިޕާޓުމަންޓުގަ، ކާއިނާ އަކީ ބޮސްގެ ސެކެޓްރީ" އަވަސް އަވަހަށް ފިރާޒް ބުންޏެވެ.
"ދެން ރަނގަޅު ވާނީ އިތުރު ސުވާލެއް ނުކުރިއްޔާ."ފިރާޒް އަވަސް އަވަހަށް ބުންޏެވެ.
"ބޮސްގެ ސެކެޓްރީ. ވާވް. ހައު ރޮމޭންޓިކް."ނުހާ ހީލަމުން ބުންޏެވެ. ކާއިނާތު ތަށިދޮވުން ހުއްޓާލާފައި ނުހާ އަށް ބަލާލިއެވެ.
"ރޮމޭންޓިކު މާނަ ތިކުރަނީ ކިހިނެއް؟ ބޮސް އަކީ ބޮސް.. އަހަރެން ނަށް އަދި ބޮސް އާބައްދަލު ވެސް ނުވޭ. އިތުރަށް ތިކަހަލަ ވިޔާނުދާ ވާހަކަ ނުދައްކާ ހުރޭ."ކާއިނާތު ހިތްހަމަ ނުޖެހިފައި ވާ ރާގެއްގައި ބުންޏެވެ. ވިދާދު ދޮރު މަތީގައި ހުރިތަން ފެނުމުން ކާއިނާތު އަނެއްކާ ވެސް ތަށިތައް ދޮންނަން ފެށިއެވެ.
"ކާއިނާ އަށް ބޮސް ނުފެނި ކިހިނެއް މަސައްކަތް ތިކުރަނީ؟މަ ހަމަ ޙައިރާން ވެއްޖެ." ނުހާ ޙައިރާން ކަމާއި އެކީގައި ކާއިނާތަށް ބުންޏެވެ.
"މި އޮތް ހުރިހާ ދުވަހު ބޮސް އުޅުންވީ އެހެން ޕުރޮޖެކްޓެއްގަ ބޭރުގަ. ކާއިނާ އާއި ދިމާވުމުގެ ކުރިން ކާއިނާ ކެޑެން މެއިލް ކުރީ."ފިރާޒް ނުހާ އަށް ބުންޏެވެ.
"އޯ ސޯސޭޑް. ސަޅި ބޮސް އަކަށް ވެއްޖެއްޔާ ޔޯ."ނުހާ ކާއިނާތު އާއި ސުވާލު ކޮށްލިއެވެ.
"އެހެން ވެއްޖެއްޔާ ޔަގީން އަހަރެން ހިތް ކިޔާނެ ކަން."ނުހާ ސަމާސާ ރާގަކަށް ބުންޏެވެ.
"އޭރުން މަށޯ. ކާއިނާތުގެ ބޮސްގެ ވާހަކަ ނޫން އެހެން ވާހަކަ އެއް ދައްކަމާ ދޯ."ފިރާޒް ޝަކުވާގެ ރާގެއްގައި ބުންޏެވެ. އަދި ނުހާގެ އަތުގައި ހިފައި ކާއިނާތަށް ނޭނގޭ ގޮތަށް މަޑުމަޑުން ބަދިގޭން ބޭރަށް ނިކުތެވެ. ނުހާ އަށް ވެސް ވާނުވާ ނޭނގި ފައިހުއްޓެވެ.
"މިއީ ފުރުސަތެއް އަދި އެއް ފަހަރު ޓްރައި ކޮށްލާ." ފިރާޒް ނިކުންނަމުން ވިދާދު ކަންފަތް ދޮށުގައި ބުންޏެވެ.
އެއްވެސް އަޑެއް ބަޑެއް ނީވިގެން ކާއިނާތު ފަސް އެނބުރި ބަލާލިއެވެ. ނުހާ އާއި ފިރާޒް އެތާ ނެތުމުން ކުޑަކޮށް ޖެހިލުން ވިއެވެ. އޭރު ވެސް ވިދާދު ދޮރުގެ އެއްފަރާތެއްގައި ލެގިލައިގެން ބޭރަށް ބަލަން ހުއްޓެވެ. ކޮންމެ ވެސް ކަމަކާ ވިސްނަނީ ކަން އެނގުނެވެ. ތަށިތައް ދޮވެ ނިމިގެން ބަދިގޭން ނިކުންނަން ހިނގައިގަތެވެ. ދޮރުމައްޗަ އަރާ ހަމަ ވުމުން ވިދާދު ކާއިނާތު ދިޔަ ނުދީ ކުރިމައްޗަށް އެރިއެވެ. އޭނާ ވިދާދަށް ބަލާލިއެވެ. އިތުރަށް ވިދާދާ ވާހަކަ ދައްކަން ބޭނުން ނުވާތީ ފަހަތަށް ޖެހިލިއެވެ. ވިދާދު ޖީބުން ކުޑަ ބޭސް ފުޅިއެއް ނަގައި ދިއްކޮށް ލިއެވެ. ކާއިނާ ވިދާދަށް ބަލާލިއެވެ.
"މިއީ ހަލާކުވާ ތަންތާގަ އުނގުޅާ ބޭހެއް. އެއްވެސް ސައިޑު އިފެކްޓެއް ނުހުންނާނެ. މީތި އުނގުޅާލާ. ދެތިން ދުވަސް ތެރޭގަ ފާރު ހިކިދާނެ." މަޑުމަޑުން ވިދާދު ބުންޏެވެ.
ކާއިނާ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. ވިދާދު ކާއިނާތުގެ އަތުގައި ހިފާ ބޭސްފުޅި އަތަށް ލިއެވެ.
"އަހަރެން ނަކީ ވަރަށް ބިޒީ މީހެއް، އެކަމަކު ވެސް އަހަރެން ހުރިހާ މަސައްކަތެއް ހުއްޓާލާފަ މިހިރީ މިތާގަ."ވިދާދު ކުރިޔަށް ވުރެން ވެސް ބޮޑަށް ކާއިނާތާއި ކައިރިވެލިއެވެ.
އެވަގުތު އަނެއްކާ ވެސް ކާއިނާތު ފަހަތަށް ޖެހިލިއެވެ. ވިދާދު އަނެއްކާ ވެސް ކާއިނާތާއި ކައިރި ވެލިއެވެ. ކާއިނާތު ފަހަތަށް ޖެހެމުން ދިޔައެވެ. ވިދާދު ކުރިޔަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އެގޮތައް ފަހަތަށް ޖެހެމުން ގޮސް ފާރުގައި ޖެހުނެވެ. އިތުރަށް ފަހަތަށް ޖެހެވެން ނެތުމުން އެއްފަރާތަށް ޖެހިލަން އުޅުނެވެ. ވިދާދު ފާރުގައި އަތް ވިދާ އޭނާ ދިޔަނުދީ ހިފަހައްޓާލިއެވެ. ކާއިނާތުގެ މޭގަނޑު ތެޅި ގަނެގެން ދިޔައެވެ. ނުހާ އެވަގުތު އެތަނުން ދިޔާމައި އޭނަ ކައިރިޔަށް ރުޅި އައެވެ. ވިދާދު ކުރިޔަށް ވުރެން ވެސް ބޮޑަށް ކާއިނާތާ ގާތް ވެލިއެވެ. ވިދާދުގެ ނޭވާގެ އިޙްސާސް ކާއިނާތަށް ވާހާ ގާތަށެވެ. ކާއިނާތު ވިދާދު ކޮއްޕާލިއެވެ. ވިދާދު ހުރީ އެކަމަށް ސަމާލުވެ ކަމުން ހުރި ފިޔަޅުން ދުރަށް އެންމެ ތަންކޮޅެއް ވެސް ނުދިޔައެވެ. އެވަގުތު ކާއިނާތުގެ އުނަގަނޑުގައި ހިފައި ގާތް ކޮށްލަމުން ވިދާދުގެ މޫނުން ކާއިނާތުގެ މޫނު ފޮރުވާލިއެވެ. ރުޅިއައިސްގެން ބާރަށް ވިދާދުގެ ގައިގައި ތަޅަން ފެށިއެވެ. ވިދާދު ކާއިނާތުގެ އަތުގައި ހިފާ ކުރިޔަށް ވުރެން ވެސް ބޮޑަށް ވިދާދު އާއި ކައިރި ކޮށްލިއެވެ. ކާއިނާތަށް ފުރުސަތެއްނުދީ ވިދާދު ގެނައި ހަރަކާތުން ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތުގެ ވިންދު އަވަސްވިއެވެ. މަޑުމަޑުން ވިދާދު ދުރަށް ޖެހިލިއެވެ. ކާއިނާތު ހުރިތަނުން ގުޑާލާން ވެސް ނޭނގިފައި ހުރީއެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ. ވިދާދު އެރީތި މޫނަށް ބަލާލިއެވެ. އަދި އަނެއްކާ ވެސް ވިދާދު ކާއިނާތާ ގާތްވެލިއެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލަ ދިނެވެ. މޫނު މައްޗަށް އެޅިފައިހުރި އިސްތަށި ތައް ދުރު ކޮށްލަމުން އަނެއްކާ ވެސް ވިދާދު ކާއިނާތުގެ ތުންފަތުގައި ލޯބި ކޮށްލިއެވެ. މިފަހަރު އެއްވެސް ހަރަކާތެއް ނެތިފައި ކާއިނާތު ހުރީއެވެ. ކާއިނާތުގެ މޭގެ ތެޅުން އިތުރު ވިއެވެ. ވިދާދު ކާއިނާތު ގެނެސް އޭނަގެ މޭގައި ލައްކޮށް ލަމުން ދެއަތް ކާއިނާތުގެ އުނަގަނޑުގައި ވަށާލިއެވެ. ކާއިނާތުގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޭނާ އަށް ނޭނގިހުއްޓާ ވިދާދު މިގެނައި ހަރަކާތުން އިތުރަށް ހިތުގައި ޖެހުނީއެވެ. އިރުފާންގެ ފަރާތުން ނުފެންނަށް އެތައް ކަމެއް މިވީ ކުޑަ ހިނދުކޮޅު ތެރޭގައި ވިދާދުގެ ފަރާތުން ފެނިއްޖެއެވެ. ހަގީގަތުގައި ވެސް ވިދާދު އޭނަ ދެކެ ލޯބި ވަނީބާއޭ ހިތަށް އެރިއެވެ. އިޒުނަޔަކާ ނުލާ ވިދާދު އެފަދަ ބޮޑު އަމަލެއް އެހިންގީ އޭނަގެ ލޯތްބައް އޮތް އިތުބާރެއްގެ ބޮޑު ކަމުންކަން ޔަގީންނެވެ.
"އަހަންނާ މެރީ ކުރާނަންތަ؟"ވިދާދު އެއްވެސް ޖެހިލުމެއް ނެތި ކާއިނާތު އާއި ސުވާލު ކޮށްލިއެވެ. އޭރު ވެސް ކާއިނާތު ހުރީ ވިދާދުގެ ޒުވާން ދެ އަތު ތެރޭގައި ދުރަށް ނުދެވި ފައެވެ. ކާއިނާތަށް ބުނާނޭ އެއްޗެއް ނޭގިފައި ކަރުނުން ފުރިފައިވާ ދެލޯ މަރާލިއެވެ.
"އަހަރެންނަށް ކާއިނާގެ ފަހަތުން ބޯކޮޅު ބަލައިގެން ނުހިގޭނެ. އަހަރެން ނަކީ ވަރަށް ޒިންމާތައް ގިނަ މީހެއް. ލޯބި ވެގެން ރައްޓެހި ވެގެން އުޅޭކަށް ވަގުތެއް ނެތް، އަހަރެން ބޭނުން ވަނީ އެ ލޯބި އަހަރެންގެ އަނބިމީހާ ދެކެ ވާން، އެވަގުތު ތައް އަހަރެން ގެ އަނބިމީހާ އަށް ދޭން." ވިދާދު މަޑުމަޑުން ކާއިނާތުގެ ކަންފަތް ދޮށުގައި ބުންޏެވެ.
"ރޮމޭންޓިކު ވިޔަސް ތިދެން ބޮޑުވަރު." ނުހާ އާއި ފިރާޒް އެއް ފަހަރާ ދިމާ ކޮށްލިއެވެ.
ނުހާގެ އަޑަށް ކާއިނާތު ވިދާދު އާއި ދުރަށް ޖެހިލިއެވެ. އެކަމަކު ވިދާދު ކާއިނާތު ދޫނުކޮށް ހުރިގޮތައް ހުރީއެވެ. ކާއިނާތު ލަދުން ހަލާކުވާ ވަރުވިއެވެ.
"ކޮބާ މައްސަލަ އަކީ؟"ވިދާދު ހުރިގޮތައް ހުރެފައި އަހާލިއެވެ.
"މައްސަލަ އަކީ... ދެން ދުރަށް ޖެހިލަބަލަ. މަންމަ މިތަނަށް އަތުވެދާނެ. ބިރެއް ނުގަނޭތަ؟"ނުހާ އަހާލިއެވެ.
"ބިރު ގަންނާނީ ކުށްވެރިން. އަހަރެން ކުށެއް ނުކުރަން." ވިދާދު ބުންޏެވެ.
"ކާއިނާ. މިއީ ބަދިގެއޭ. ކޮޓަރިއެއް ނޫން. ދެން ދުރަށް ދޭބަލަ."ނުހާ ސަމާސާ ރާގަކަށް ބުންޏެވެ.
"ޕުލީޒް."ކާއިނާ މަޑުމަޑުން ބުންޏެވެ.
އެބުނެލި ރާގުން ވިދާދު ގެ ޒުވާން ދެއަތުގެ ބާރުމިން ދޫކޮށް ލިއެވެ. ކާއިނާތު އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ. އަވަހަށް އެތަނުން ގޮސް ފިލަން ބޭނުންވިއެވެ. ނުހާ މެންނަށް އެފަދަ މަންޒަރެއް ފެނުމުން ލަދުގަތެވެ. އެގޮތައް އޭނަޔަށް ހުރެވުނީ ކީއްވެގެންބާ އޭ އަމިއްލަ ނަފުސާ ސުވާލު ކޮށްލިއެވެ. ނިކުންނަށް ކުރިޔަށް ފިޔަވަޅު އަޅާލި ވަގުތު ވިދާދު ކާއިނާތުގެ އަތުގައި ހިފިއެވެ.
"އެހާ ފަސޭހަ ކަމެއް ނޫން އަހަރެންނާ ދުރަށް ދިއުމަކީ."ވިދާދު ކާއިނާތަށް ބުންޏެވެ.
ކާއިނާ ނުހާ މެންނަށް ބަލާލިއެވެ. ނުހާ ގެ ތުންފަތް މަތިން އުފާވެރި ހިނިތުން ވުމެއް ފެންނަން ހުއްޓެވެ. ފިރާޒް ވެސް ކާއިނާ އަށް ބަލާލާފައި ބުމަ އަރުވާ ލިއެވެ.
"ތިކުރެވެނީ ޓޯޗަރ"ކާއިނާތު ވިދާދަށް ބުންޏެވެ. ވިދާދުގެ ތުންފަތް މަތިން ލާނެއް ހިނިތުން ވުމެއް ފެނިގެން ދިޔައެވެ.
"ނުހާ ބުނިހެން އަހަރެން ނަށް ހީވަނީ ކާއިނާ އަށް ކާއިނާގެ ބޮސް ދެކެ ލޯބި ވެވުނީ ހެން." ގަސްތުގައި ކާއިނާތު އާއި ދިމާކޮށްލަން ވިދާދު ބޭނުން ވިއެވެ. ކާއިނާތު ވިދާދަށް ބަލާލިއެވެ. ވިދާދު މިހާރު ހުރީ ސަމާސާ ކުރާ މޫޑެއްގަކަން އެނގުނެވެ.
"އޯކޭއެއް ނުން. އަހަރެން ގެ ބޮސް ކޮބާ މައްސަލައަކީ؟"ކާއިނާތު ވިދާދުގެ އަތުން އަތް ދަމައި ގަންނަން މަސައްކަތް ކުރަމުން ބުންޏެވެ.
"މައްސަލައަކީ އެއީ ކާކުކަން ވެސް ތިމާ އަށް ނޭނގޭތީ." ފިރާޒް ވެސް ކާއިނާތު އާއިދިމާކޮށް ލިއެވެ.
"އޯކޭ އޭ. ނުފެނުނަސް. އަހަރެން ނަށް އެނގޭ އެއްޗަކީ ރަނގަޅު އިންސާނެއް ކަން، އަޑުއެހިން އެއީ ރީތި ފުރިހަމަ ޒުވާނެ ކަން." ކާއިނާތު ބުންޏެވެ. ވިދާދު އުފާވެރި ގޮތަކަށް ހިނިތުން ވެލިއެވެ. އަދި ކާއިނާތު ވިދާދު އާއި ދިމާ އަށް ދަމައި ގަތުމުން އެއްވެސް ބާރެއް ނެތް ގޮތެއްގައި ކާއިނާތު ގޮސް ވިދާދުގެ މޭގައި ޖެހުނެވެ.
"ތިބުނީ އަހަރެންނަކީ ފުރިހަމަ ޒުވާނެކޭތަ؟"ވިދާދު ސުވާލު ކޮށްލިއެވެ.
"ވިދާދުގެ ވާހަކަ އެއް ނުބުނަން. އަހަރެންގެ ބޮސްގެ ވާހަކަ މިބުނީ. އޭނަޔަކީ އަންހެންކުދިން ލޯބިވާ ހާވެސް ރީތި މީހެއް." ކާއިނާތު ވިދާދު އާއި ދުރަށް ދާން މަސައްކަތް ކުރަމުން ބުންޏެވެ. ފިރާޒު އާއި ވިދާދު އެއް ފަހަރާ ހޭން ވެށިއެވެ. ނުހާ ވެސް އެމީހުންނާ ބައިވެރި ވިއެވެ.
"މިހާރު ތި އެއްބަސްވީ ކާއިނާ އަހަރެން ދެކެ ލޯބިވާ ކަމަށް." ވިދާދުގެ އަތު ތެރޭން ސަލާމަތް ވާން މަސައްކަތް ކުރަމުން ދިޔަ ކާއިނާތު ވިދާދު އެހެން ބުނުމުން ބަލާލިއެވެ. ފިރާޒު އާއި ނުހާ ހެމުން ހެމުން ހަލާކު ވާވަރު ވިއެވެ. ވިދާދު ކާއިނާތުގެ ލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. ކަޅު ކުލަގަދަ ދެ ލޮލުގައި ވަނީ ބުނަން ނޭނގޭ ފަދަ ރީތި ކަމެކެވެ. މަޑު ފިޔާތޮށި ކުލަ ވެރިވެފައިވާ ތުންފަތް ފެނުމުން ވިދާދުގެ ކެތްތެރިކަން ކޮޅުން ލާގޮތްވިއެވެ. އެރީތި ތުން ފަތުގައި ބީހިލާހިތް ވިއެވެ.
ކާއިނާތު ޙައިރާން ކަމާއި އެކީގައި ވިދާދަށް ބަލަމުން ދިޔައެވެ. އެމީހުން އެދައްކާ ވާހަކަ އެއްް ކާއިނާތަށް އަދިވެސް ނޭނގޭ އެވެ. ވިދާދު އޭނަގެ ބޮސް އަށް ވާނީ ކިހިނެއް ހެޔެވެ؟ އޭނަަޔަށް އެނގިފައި އޮތް ގޮތުން ވިއްޔާ އެއީ ބޮސްގެ ޑުރައިވަރެކެވެ. އޮފީހަށް އައިސް ހަދަނީ މިރުފާން މެންގެ ރައްޓެހި ކަމުގައެވެ. އެކަމަކު އޭނަގެ އޮފީސް ކުދިން ސިފަކޮށްދޭ ސިފައާއި ވިދާދުގެ ސިފަ ވައްތަރުހެން މިހާރު ކާއިނާތަށް ވެސް ހީވާން ފެށިއެވެ.
"ނުހާ ހިނގާ ދޯ އަވަހަށް ބާބަކިއު ހަދަން އުޅެމާ. މާލަސް ވެދާނެ." ނުހާގެ އަތުގައި ހިފާލަމުން އެތަނުން ގެންދަން ފިރާޒު ބޭނުން ވިއެވެ.
ނުހާ ވެސް ފިރާޒު އެހެން ބުނުމުން ތައްޔާރު ކޮށްފައިހުރި ސާމާނުތައް ހިފައިގެން ބޭރަށް ނިކުތެވެ. އޭރުވެސް ކާއިނާތު ވިދާދު އާއި ދުރަށް ދާން މަސައްކަތް ކުރަމުން ދިޔައެވެ.
"އަހަރެންގެ އަތް ދަށުން ދުރަށް ދާން ހިތަށް ވެސް ނާރުވާތި."ކުރިޔަށް ވުރެން ވެސް ބޮޑަށް ވިދާދު ކާއިނާތު މެޔާ ބޮނޑި ކޮށްލަމުން ބުންޏެވެ.
"ކޮންކަމެއް އަހަރެން ދޫކޮށްލާ. ޕުލީޒް."ކާއިނާތަށް ރޮވެން ފެށުނެވެ.
އިތުރަށް ވިދާދު އާއި ދެކޮޅު ހެދިޔަސް ވާނެ އެއްވެސް ކަމެއް ނެތް ކަން އެނގުނެވެ. ކާއިނާތު ރޯން ފެށުމުން ވިދާދު ކާއިނާތާ ދުރަށް ޖެހިލިއެވެ.
"ކާއިނާ ރޯކަށް އަހަރެން ބޭނުމެއް ނޫން. ކާއިނާޔާ ގުޅެނީ ހީލާފަ ނޫނީ ރުޅިއަސްފަ ހުންނަން."ވިދާދު ކާއިނާތުގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލަމުން ބުންޏެވެ.
ކާއިނާތު ބޭރު ދޮރާ ދިމާއަށް ހިނގައިގަތެވެ. ވިދާދު މިފަހަރު ކާއިނާތު ހުއްޓުވާކަށް ނޫޅެއެވެ. ކާއިނާތު ގެ ފަހަތުން ވިދާދު ވެސް ބޭރަށް ނިކުތެވެ. އޭރު ފިރާޒުމެން މަސްފިހެން ތިއްބެވެ. ވިދާދު ގޮސް ފިރާޒު އާއި ބައިވެރި ވިއެވެ. ކާއިނާތަށް އަދިވެސް ހުރެވުނީ ޙައިރާން ކަމުގައެެވެ.
އަދި ނުނިމޭ
ކޮމެންޓް